ސިންގަޕޫރު ސަރުކާރާއިއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރަނީ، 2019 ޖުލައި

ހަބަރު

ސާފު ހުދު ދޮންވެންޏާއި މާދުރުން، ސުލްހަ މަސަލަސްކަމުގެ ލާމަސީލު ނަމޫނާއެއް!

މުޙައްމަދު ޝާން ޢަބްދުއްﷲ - ދިވެހި ރާއްޖެ | 15 ޖުލައި 2023 , ހޮނިހިރު 13:26   334

އެއީ މީހަކަށް ނޭނގޭ އަނދިރިކަމުގެ ދުނިޔެއެކެވެ. ހިއުމަން ޓްރެފިކިންގ، މަސްތުވާތަކެތި ,ހަށިވިއްކުން, މީހުންމެރުން, ވައްކަންކުރުން, ރަހީނުކުރުން, ޓެރަރިޒަމް، ކުށްތައް ނަންކިޔާ ލިޔަންވީއެވެ.

ކޮންމެ އަހަރަކު އެތައްފަހަރެއްގެ މަތިން ސަރުކާރުން އާންމު މުޖުތަމަޢަށް އެތައް ސަތޭކަ ކުށްވެރިންނާއި ޖިންސީ ގޯނާކުރާ މީހުން މިނިވަން ކުރެއެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި އެމީހުންނަށް މުޖްތަމަޢުތެރޭގައި މިނިވަންކަމާއިއެކު އުޅެވެއެވެ. އެއީ ވަގުންނާއި މަސްތުވާތަކެތީގެ ބޮޑުން, ގޭންގްސްޓާރުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާފަރާތްތަކަށް ދަޢުވާނުކުރާ ތަނެކެވެ.

ކީއްވެގެން ހެއްޔެވެ؟ ޖަވާބު ވަރަށް ފަސޭހައެވެ. ވޯޓު ހޯދުން މާ މުހިއްމެވެ! އެމީހުން ދޫކޮށްނުލައިފިނަމަ ވެރިކަންކުރާ ޕާޓީއަށް ގޭންގުތަކުގެ ތާއީދު ގެއްލިގެންދާނެއެވެ. އާބާދީގައި ކުށްވެރިން އެހާގިނަތަނެއްގައި، މިދައްކަނީ ސަރުކާރެއް މޮޅުވުމާއި ބަލިވުމުގެ ވާހަކައެވެ.

ދެން ތަންކޮޅެއް ދުރުން ސިންގަޕޫރަށް ބަލައިލަމާ ހިނގާށެވެ. މިދައްކަނީ ރައްޔިތުންދެކެ ހަޤީގީ ލޯބިވާ ޤައުމެއްގެ ވާހަކައެވެ. އެއީ ޑިމޮކްރެޓިކް އެހެންނަސް ހަރުކަށި އުސޫލްތައް ގެންގުޅޭ ޤައުމެކެވެ.

އެޤައުމުގައި އެޤައުމުގެ ރައްޔިތުންނަށް އެންމެ މަތީ ފަންތީގެ ތަޢްލީމާއި ސިއްޙައްތު ފޯރުވައިދެއެވެ. ރަނގަޅު ހަރުދަނާ ވިޔަފާރީގެ އުސޫލްތައް އޮވެއެވެ. ވަޒީފާގެ މާޙައުލެއް އޮވެއެވެ. ބުރަކޮށް މަސައްކަތްކުރާ މީހުންނަށް މުއްސަނދިވުމުގެ ފުރުޞަތު އޮވެއެވެ. ނުކިއްސަރުކޮށް ދާނަމަ ހަރުކަށި ފިޔަވަޅު އަޅައެވެ.

ވަކިން ޚާއްޞަކޮށް ތަރައްޤީވެފައިވާ އެހެން ޤައުމުތަކާއި އެޤައުމާއި ހުރި ތަފާތަކީ އުސޫލްތަކުގައި ހިފެހެއްޓުމެވެ.

އެޤައުމުގައި ދާދިފަހުން ކޮރަޕްޝަންގެ ދައުވާތަކަކާއި ގުޅުންހުރި ބިލިއަނަރުންތަކެއް ވެސް ހައްޔަރުކޮށް އެސެޓްތައް ހިފަހައްޓާފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހިންގާ އެމީހުންގެ ރިސޯޓްތައް ވެސް ހިމެނެއެވެ.

ހަރުކަށި އަދި ހަރުދަނާ އުސޫލްތަކާއިއެކު ކުރިއަށްދާއިރު، ވޯޓުތަކާ މެދު ސިންގަޕޫރު ސަރުކާރުން ޤާނޫނުތައް ތަންފީޒު ކުރަން ބިރެއް ނުގަނެއެވެ. ފަހެއް ނުޖެހެއެވެ.

މީހުން އެމީހުންގެ ސަރުކާރަށް ލޯބިކުރަނީ ތަނަވަސްކަމަށްޓަކައެވެ. ތަނަވަސް ކަމާއި ފުދުންތެރިކަމަކީ ހަޤީގީ ހަމަޖެހުމެވެ. ސުލްޙަމަސަލަސް ކަމަކީ އެއީ އެވެ. ކުށްކުރާކުރާ މީހުން ހިތްރުއްސައިގެން ވޯޓުހޯދުމެއް ނޫނެވެ.

ސުވާލަކީ އަޅުގަނޑުމެންނަށް އަޅުގަނޑުމެން ޙަރާތުގައި މި އަނދިރިކަމުން ނޭއްގާނީ ދުނިޔެއިން އަރައިގަނެ ތަނަވަސްކަމުގެ މަންޒިލަކަށް ދަތުރުކުރެވިދާނެހެއްޔެވެ.

މިއީ ސިޔާސީ ކަންކަމަށް ޝައުގުވެރިވާ ޒުވާން ޖީލާއި ކުރާ ސުވާލެކެވެ.

ޓެގްސް: ޚިޔާލު ސިންގަޕޯރ ކުށްކުރުން ސަރުކާރުހިންގުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.