ބައްދަލުވުމުގެ ތެރެއިން

ހަބަރު

ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އިންޓެރިމް ކައުންސިލް ބައްދަލުވުން ބާއްވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 16 ޖުލައި 2023 , އާދީއްތަ 13:10   395

ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އިންޓެރިމް ކައުންސިލް ބައްދަލުވުން ބާއްވައިފިއެވެ.

މިބައްދަލުވުމުގައި އިންޓެރިމް ކައުންސިލް އެކުލަވާލައި ޕާޓީ ހިންގުމަށް ބޭނުންވާ ފަންނީ ކޮމިޓީ އާއި މާލީ ކަންކަމާއި ގުޅޭ ކޮމިޓީތަކަށް މެމްބަރުން އައްޔަންކޮށްފައިވެއެވެ.

ޕާޓީގެ އިންޓެރިމް ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ 12 ބޭފުޅެކެވެ. އެބޭފުޅުންނަކީ، މުޙައްމަދު ޝިފާޒު، ހުސެން ޢަމްރު، މުޙައްމަދު ޒިޔާދު، އަޙުމަދު މައުސޫމް، އަހުމަދު ޝާހިދު، ހަސަން ޝާޒްލީ، އަހުމަދު މުޖްތަބާ، އިބްރާހިމް ރަޝީދު، މުޙައްމަދު މާސިޙު، އައިމިނަތު ޒާހިރާ، އައިޝަތު އަލައިކާ އަދި ރީޝާ މުސްތަފާއެވެ.

ފަންނީ ކައުންސިލްގެ މެމްބަރުންގެ ގޮތުގައި 8 މެމްބަރުން ހިމަނާފައިވެއެވެ. އެބޭފުޅުންނަކީ ފާޠިމަތު ޒީނާ، ޝާފިޢާ ޒުބެއިރު، ފަތުޙުއްﷲ އިސްމާޢިލް، ޒިޔާދު ރަޝީދު ރަޝީދު، މުޙައްމަދު އިބްރާހިމް، އަލީ ރައްޒާން، އަހުމަދު ޝަރީފް، އަދި އަހުމަދު އަކުރަމް އެވެ.

މާލީ ކަންކަމާއި މުޢާމަލާތުކުރައްވާނެ ބޭފުޅުންގެ ގޮތުގައި އަހުމަދު ޝާހިދު، އަހުމަދު މައުސޫމް، އިސްމާޢިލް ޝަފީޤް، މަރިޔަމް ޖެނިފާ، އަދި މުޙައްމަދު ޝާޒް ހަމަޖައްސަވާފައިވެއެވެ.

އިންތިޚާބު ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މުޙައްމަދު އިބްރާހިމް، ހުސެން ރަޝީދު، އަދި އައިޝަތު ޝަޒްލީ އެވެ.

ދަ ޑިމޮކްރެޓްސް އިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ހުށަހަޅާ މެނިފެސްޓޯގެ ހެދުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާނެ ފަރާތްތަކުގެ ގޮތުގައި އިލްޔާސް ލަބީބު، އަދި ހުސެން އަމްރު ހަމަޖައްސަވާފައިވެއެވެ.

މިލިޔުމާއި ގުޅޭ ފޮޓޯތައް

ޓެގްސް: ދަ ޑިމޮކްރެޓްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.