އެމްޑީއޭގެ ލީޑަރ އަދި މަޖިލީސް މެމްބަރު އަހުމަދު ޝިޔާމު

ހަބަރު

ސަން ޝިޔާމް ސިންގަޕޫރުން ހިފަހައްޓައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 20 ޖުލައި 2023 , ބުރާސްފަތި 11:13   102

މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސްގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ދ.މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ސިންގަޕޫރަށް ވަޑައިގަތުމުން އެޤައުމުގެ ސަރުކާރުން ޕާސްޕޯޓް ހިފަހައްޓައި ސިންގަޕޫރުން ބޭރަށް ދިއުން މަނާކޮށްފިއެވެ.

ޝިޔާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ، ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިންއެއްކަމަށްވާ ހިލްޓަން ކުންފުންޏާއިއެކު ހަދާފައިވާ އެއްބަސްވުން 2013 ގައި ބާޠިލްކުރުމާއި ގުޅިގެން، އެކުންފުނިން ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް މައްސަލަ ހުށަހަޅައި، ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދެއްކުމަށް ހުކުމްކޮށްފައި ވަނިކޮށްކަމަށް މަޢްލޫމާތު ލިބިފައިވެއެވެ.

ޝިޔާމުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ޝިޔާމު ސިންގަޕޫރަށް ވަޑައިގަތުމުގެ ކުރިން ރަޢީސް ސޯލިހް އާއިއެކު ރަށްރަށަށް ވަޑައިގެން ޢަމަލީގޮތުން ކެމްޕޭން ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޓެގްސް: އެމްޑީއޭ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.