އިންތިޚާބަށް 50 ދުވަސް | ބޮޑު މަސައްކަތެއްގެ ގޮތުގައި ހަމަޖެހުން ގެނައުމުގެ މަސައްކަތް ކުރުވުނުކަމަށް ފައިސަލް ވިދާޅުވެފައިވޭ

ހަބަރު

ފައިސަލް، "ލޮނު މަޑު" ނައިބެއް، ބޭނުންވަނީ އިތުރު ދައުރެއް!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 21 ޖުލައި 2023 , ހުކުރު 20:05   204

ދިވެހި ރާއްޖޭގެ ޠާރީޚު މިހާތަނަށް ދެކެފައިވަނީ ނައިބު ރައީސުން، ރައީސުންނަށް އިތުބާރު ނުކުރެއްވުމާއި ރައީސުންނަށް ތަބަޢަނުވުމުގެ ސަޤާފަތެކެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު، ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީއަށް ރަނިންމޭޓަކު ދެއްކިފައިނުވުމަކީ އެޕާޓީއަށް ކުރިމަތިވެފައިވާ ވަަރަށް ބޮޑު ގޮންޖެހުމެއްކަމަށް ގިނަބަޔަކު ދެކެއެވެ. އަދި ޚުދު އެޕާޓީގެ ގިނަބަޔަކު ވެސް ދެކެއެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވޭ ރިޔާސީ އިންތިޚާބާއި ދެމެދު އޮތީ އެންމެ 50 ދުވަހެވެ.

ރައީސް ސޯލިޙް ވިދާޅުވެފައިވަނީ ރަނިންމޭޓަކު ނެންގުވުމަށް ރެއާއިދުވާލު މީޓިންގތައް ބާއްވައި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ރަނިންގ މޭޓަކު ނެގުމުގެ މަސައްކަތަކީ އެންމެ ބޮޑު ބޮލު ރިހުންކަމުގައި ވިދާޅުވެފައެވެ.

ހަމަ މިއާއިއެކު މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް އިތުރު ދައުރެއްގައި ނައިބަކަށް ހުންނަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައިވެއެވެ.

ފައިސަލް ނައިބަކަށް ވަޑައިގެންނެވީ، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް އަށް ވަފާތެރި އަދި އިޚްލާޞްތެރި ބޭފުޅެއްގެ ގޮތުގައި، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އަދި މިހާރު އެޕާޓީ އިން މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރުގެ ބޭރުން ވަކި ފިކުރެއްގައިކަން އެޕާޓީގެ ލީޑަރ ޤާސިމް ވިދާޅުވެފައިވެއެވެ.

ދެން ނައިބް ރައީސް ފައިސަލްގެ ޕާފޯންމެންސަށް ބަލައިލާއިރު، ދެއްކޭނެ މާބޮޑު ކަންކަމެއް ނެތެވެ. އެމަނިކުފާނު ދާދިފަހުން ދެއްވި ޓީވީ އިންޓަވިއުއެއްގައި ވިދާޅުވީ އެމަނިކުފާނާއި ރައީސް ސޯލިޙް ޙަވާލުކުރެއްވި އެންމެ ބޮޑު މަސައްކަތަކީ "ހަމަޖެހުން" ގެނައުންކަމަށެވެ. ނަމަވެސް އެކަންކަމާއި ގުޅޭ ތަފްޞީލްދެއްވަން އުޒުރުވެރިވެވަޑައިގެންނެވިއެވެ.

ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ދެކެނީ މިފަހަރުގެ ނައިބަކީ "ލޮނު މަޑު" ބޭފުޅެއްގެ ގޮތުގައެވެ. ހަމައެކަނި ހަފްލާތަކާއި ޕާޓީތައް ފަޅުފިލުވާލަދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. ރިބަން ކަނޑާ ނައިބެއްގެ ގޮތުގައެވެ.

ރައީސް ސޮލިހްއަށް ގޮތް ނިންމުމުގައި ދަތިފުޅުވާކަމެއްގެ ގޮތުގައި މިކަން ވެސް އޮވެދާނެއެވެ.

ހަމައެކަނި ވަފާތެރިކަމަށް ބަލައި ވޯޓުދޭކަށް ރައްޔިތުން ބޭނުމެއް ނުވެއެވެ. ރައްޔިތުން ބޭނުންވަނީ ފޮޓޯ ނަގައި ސްނެޕް ކުރުމުގައި އަވަދިނެތި އުޅުއްވާ ނައިބަކަށްވުރެ ތަރައްޤީގެ މަސައްކަތުގައި ޝާމިލުވާނެފަދަ، ބޭނުންތެރި އިންޕުޓް ދެވޭނެ ފަދަ ނައިބެކެވެ.

ކޮންމެއަކަސް، ކުރިއަށް އޮތް ހަފްތާގައި އިލެކްޝަންސް އިން އިންތިޚާބަށް އިޢްލާންކުރާއިރު، ވެރިކަންކުރާ ޕާޓީއަށް ރަނިންގ މޭޓަކު ނުނެގި މިހާރުވެސް މާ ލަސްވެއްޖެއެވެ.

މިލިޔުމާއިގުޅޭ ވީޑިއޯ

ޓެގްސް: ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް އެމްޑީޕީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.