އިލެކްޝަންސް ކަމިޝަންގެ ރައީސް ފުވާދު ތައުފީޤް

ހަބަރު

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އިލެންކްޝަނުން ހުޅުވާލައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 22 ޖުލައި 2023 , ހޮނިހިރު 11:57   395

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވޭ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް އިން ބުނެފައިވަނީ އާދީއްތަ ދުވަހުގެ 9:00 އިން ފެށިގެން އޯގަސްޓް މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ރިޔާސީ ކެންޑިޑޭޓުން ނަން ހުށެހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

ފޯމުތައް ބަލައިގަންނާނީ ދަރުބާރުގޭގައި ހުންނަ އިންތިޚާބާއި ބެހޭ މަރުކަޒަށެވެ.

ކެންޑިޑޭޓުންގެ ޝަރުތުތަކުގެ ތެރޭގައި:

  • މުސްލިމަކު ކަމުގައި ވުން
  • 35 އަހަރު ވެފައިވުން
  • ބުއްދި ސަލާމަތުން ހުރުން
  • ސާބިތު ދަރަންޏެއް އޮވެ ޚަލާސްކޮށްފައިވުން
  • 12 މަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއްކޮށްފައިވާނަމަ ތަންފީޒުކޮށް ނުވަތަ މާފުކުރިތާ 3 އަހަރު ވެފައިވުން
  • މަކަރާއި ޙީލަތެއް ނުވަތަ ޚިޔާނާތެއްގެ ކުށެއް ސާބިތުވެފައި ނުވުން

ފޯމާއި އެކު 1500 މީހުންގެ ސޮއި ހުށަހަޅަން ޖެހެއެވެ. އަދި އިދާރީ ފީގެ ގޮތުގައި 100،000ރ. (އެއްލައްކަ ރުފިޔާ) ދައްކަން ވެސް ޖެހެއެވެ.

ޓެގްސް: އިންތިޚާބު މުވާޞަލާތީ ޚިދުމަތްތައް ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.