ހާސްވެފައިވާ ބެލެނިވެރިންތަކެއް ޢިމާރާތުގެ ބޭރުގައި

ހަބަރު

ޗައިނާގައި ސްކޫލެއްގެ ފުރާޅެއްވެއްޓި އަންހެން ވޮލީ ޓީމުގެ 11 މީހަކު ނިޔާވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 24 ޖުލައި 2023 , ހޯމަ 10:53   288

އަންހެން ކުދިންގެ ވޮލީބޯޅަ ޓީމަކުން ބޭނުން ކުރަމުން ދަނިކޮށް، ޗައިނާގެ އިރުއުތުރުގެ ސްކޫލް ޖިމް އެއްގެ ފުރާޅު އެއްލާލައި 11 މީހަކު ނިޔާވެފައިވާކަމަށް މީޑިއާތަކުން ބުނެފި އެވެ.

އޭގެ ތެރެއިން ގިނަ މީހުންނަކީ ކުޑަކުދިން ކަމަށް މަންޒަރު ދުށް މީހުން ލޯކަލް މީޑިއާތަކަށް ކިޔައިދިން ނަމަވެސް މިކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހާސްވެފައި ތިބި ބެލެނިވެރިން އަންނަނީ ކައިރީގައި ހުރި ހޮސްޕިޓަލަކަށް އެއްވެ މަޢްލޫމާތު ހޯދުމަށް މަސައްކަތްކުރަމުންނެވެ.

ސިނާއީ ޕްރޮވިންސް ހެއިލޮންޖިއަންގްގެ ޖިމް ތެރޭގައި ތިބި 19 މީހުންގެ ތެރެއިން ސަލާމަތްވީ އެންމެ އަށް މީހުންނެވެ.

އިބްތިދާއީ ތަހުގީގުތައް ދައްކާ ގޮތުގައި މިޙާދިސާ ދިމާވާން މެދުވެރިވީ ޤަވާއިދާއި ޚިލާފު ވޯލްކެނިކް މާއްދާއެއް ހިމެނޭ ބިއްލޫރިތަކެއް ބޭނުންކޮށް، އެއަށް ފެންއެޅި ފެން ހައްޔަރުވަމުން ދިއުމެވެ.

ހޯމަ ދުވަހުގެ ހެނދުނާ ހަމައަށް ކުރިއަށް ގެންދިޔަ ސަލާމަތް ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން އެކަށީގެންވާ މުއާމަލާތެއް ނެތް ކަމަށް ބުނެ ބެލެނިވެރިން ސްކޫލްގެ އޮފިޝަލުންނާ ސުވާލުކޮށްފައިވެއެވެ.

ޓެގްސް: ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.