ރައީސް ސޯލިޙް އާއިއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އިށީނދެވަޑައިގެން

ހަބަރު

ސަރުކާރާއިއެކު ކޯލީޝަނެއް ނެތް : ޤާސިމް/ ފާރިޝް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 26 ޖުލައި 2023 , ބުދަ 11:22   348

ސަރުކާރު ހިންގާ ކޯލީޝަން އެމްޑީޕީއާއި އެކު 2018 ވަނަ އަހަރު ހެދި ކޯލީޝަން މިހާރު އޮތީ ރޫޅިފައިކަމަށާއި އިތުރު ކޯލީޝަނެއް ސަރުކާރާއިއެކު ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް އާއި އެމްއާރުއެމްގެ ފަރާތުން ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ނަމަވެސް ސަރުކާރުން މިހާތަނަށް ކޯލީޝަނުން މި ދެ ޕާޓީ ވަކިވެ ކޯލީޝަން ރޫޅިފައިވާކަމަށް އެއްބަސްވެފައި ނުވެއެވެ.

ދެ ޕާޓީ އިން ވެސް ގެންދަވަނީ ސަރުކާރުގެ މައްޗަށް ކުރިހޯދުމުގެ މަޝްވަރާތަކެއް ކުރައްވަމުންނެވެ. ހަމަ އެހެންމެ އެހެން ޕާޓީތަކާއި މަޝްވަރާކުރައްވަމުންނެވެ.

މި ސަރުކާރުގެ ނައިބު ރައީސަކަށް ފައިސަލް ނަސީމް ހަމަ ޖައްސަވާފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. ފައިސަލް މިހާރު ގެންދަވަނީ އެމްޑީޕީއާއިއެކު ސަރުކާރުގެ ކެމްޕެއިން ދަތުރުތަކުގައި ބައިވެވަޑައިގަންނަވަމުންނެވެ. އަދި އިތުރު ދައުރަކަށް ނައިބު ރައީސްކަން ކުރައްވަން ބޭނުންފުޅުވާކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ސަރުކާރުން ފުޅާ ކޯލީޝަނެއް އޮތްކަމަށް ވިދާޅުވަމުން ގެންދެވި ނަމަވެސް، މިވަޤުތު ސަރުކާރާއި އެކު ކޯލީޝަނުގައި އޮތްކަމަށް ފެންނަން އޮތީ އަދާލަތު ޕާޓީ އާއި އެމްޑީއޭ އެކަންޏެވެ.

އެހެން ހުރިހާ ޕާޓީތަކުން މަސައްކަތްކުރައްވަމުން ގެންދަވަނީ އިދިކޮޅު ފިކުރުތަކަކާއިއެކުއެވެ.

ޓެގްސް: ސަރުކާރު އެމްޑީޕީ ޖުމްހޫރީ ޕާޓީ (ޖޭޕީ)
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.