އެމްއާރުއެމްގެ ލީޑަރ މައުމޫން ޢަބްދުލްޤައްޔޫމް

ހަބަރު

ސިޔާސަތުތައް ޤަބޫލުނުކުރެވޭތީ، އެމްއާރުއެމްއިން އެމްޑީޕީއާއި އިއްތިހާދު ނުވާނެކަން އެޕާޓީއަށް އަންގައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 27 ޖުލައި 2023 , ބުރާސްފަތި 12:24   130

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އިއްތިހާދު ނުވާނެކަން އެޕާޓީއަށް އަންގައިފައިވާކަމަށް އެޕާޓީއިން ބުނެފިއެވެ.

މިއީ ރަސްމީ ސިފައެއްގައި އެމްއާރުއެމް އިން ކޯލީޝަނާއި ގުޅޭގޮތުން ވާހަކަ ދެއްކި ފުރަތަމަ ފަހަރުވެސް މެއެވެ.

މި ހިނގަމުންދާ އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އައީ ގިނަ ޕާޓީތަކެއް ހިމެނޭ ކޯލީޝަނަކާއިއެކު އެކުއެވެ. އޭގެ ތެރޭގައި އެމްއާރު އެމްގެ އިތުރުން ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ ވެސް ހިމެނެއެވެ.

އެމްއާރް އެމްގެ އިތުރުން ޖުމްހޫރީ ޕާޓީން ވެސް އެމްޑީޕީއާއިއެކު ކޯލީޝަން ދަމަހައްޓަން ބޭނުންނުވާކަމަށް ބުނެފައެވެ.

އިއްތިހާދާއި ދުރަށް ހެހިފައިވާކަމަށް ބުނެ އެމްއާރުއެމް އިން އެމްޑީޕީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކޯލީޝަނުން ވަކިވާން ޖެހުނީ އެމްޑީޕީ އިން ހުށަހަޅާފައިވާ ސިޔާސަތުތަށް ޤަބޫލުނުކުރެވޭތީކަމަށެވެ. އަދި އެ ސިޔާސަތުތަކަށް ތާޢީދުނުކުރެވޭތީކަމަށެވެ.

މިހާރު އެމްޑީޕީ އާއިއެކު އޮތީ އަދާލަތު ޕާޓީގެ އިތުރުން އަލަށް އެޕާޓީއާއި ގުޅުނު ސަންޓްރެވެސް ޝިޔާމްގެ އެމްޑީއޭ އެކަންޏެވެ.

ޓެގްސް: އެމްޑީއޭ އެމްޑީޕީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.