އަންނަ ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސް ޕާޓީ އިން ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށްޓަކައި ބޭއްވި ޕާޓީ ޕްރައިމަރީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކާމިޔާބުކުރައްވައިފިއެވެ.
ވޯޓުލުން އޮތީ ހުކުރު ދުވަހުގެ މެންދުރު 2:00 އިން އިރުއޮއްސި 6:00 އަށެވެ. އެހެން އިންތިޚާބުތަކާއި ޚިލާފަށް އާކަމެއްގެ ގޮތުގައި އޮންލައިންކޮށް ވެސް ވޯޓު ލެވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.
ދަ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ފުރުޞަތު ހުޅުވާލުމުން ނަން ހުށަހެޅުއްވި ހަމައެކަނި ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
މި ވޯޓުގައި އިލްޔާސަށް ރިޔާސީ ޓިކެޓް ދިނުމަށް 3041 މެމްބަރަކު ވޯޓު ދީފައިވެއެވެ. އެއީ ވޯޓުލީ މީހުންގެ 94.94 އިންސައްތަ މީހުންނެވެ.


ވޯޓުގައި ބައިވެރިވަޑައިގަތުމަށް ރައީސް މުޙަމަދު ނަޝީދުގެ އިތުރުން، ކެންޑިޑޭޓް އިލްޔާސް ލަބީބު 3.15 ހާކަށްހާއިރު މާލޭގައި ވޯޓުލާ މަރުކަޒަށް ވަޑައިގަންނަވާނެކަމަށް ވެސް މަޢްލޫމާތު ލިބިފައިވެއެވެ.