ރައީސް މުޙައްމަދު ނަޝީދު އަދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް އާއިއެކު ޓާމިނަލް އަށް ވަންނަނީ

ހަބަރު

ރައީސް ނަޝީދާއި ރިޔާސީ ކެންޑިޑޭޓް އައްޑޫއަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 29 ޖުލައި 2023 , ހޮނިހިރު 16:53   512

ރައީސް މުޙައްމަދު ނަޝީދު އަދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް އައްޑޫއަށް މިއަދު ވަޑައިގަންނަވާނެއެވެ.

ދެ ބޭފުޅުންނާއި އެކު ކެމްޕޭން ޓީމްތަކާއި އެކު އައްޑޫގެ ހުރިހާ ރަށަކަށް ވަޑައިގެން ކެމްޕޭން މަސައްކަތް ކުރައްވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން މަޢްލޫމާތު ދެއްވާފައިވެއެވެ.

ދަ ޑިމޮކްރެޓްސް ގެ ޓީމާއިއެކު ރައީސް ނަޝީދު އަށް ގަން އެއަރޕޯޓުން މަރުޙަބާ ދެންނެވުން އޮންނާނީ ހޮނިހިރު ދުވަހު، މިއަދު، ގެ އިރުއޮއްސި 6 ޖަހާއިރުއެވެ.

އިއްޔެ ބޭއްވި އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވެވަޑައިގެން 94.94 އިންސައްތަ ވޯޓު ހޯއްދަވައި އިންތިޚާބު ކާމިޔާބުކުރެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

އެޕާޓީގެ ފަރާތުން ރިޔާސީ ރޭހުގައި ބައިވެރިވާނެ ރަނިންމޭޓެއް ކަނޑައެޅުން އަންނަ ހަފްތާ ބަންދުގައި އޮންނާނެކަމަށް ވެސް އެޕާޓީ އިން ބުނެފައިވެއެވެ.

ދަ ޑިމޮކްރެޓްސް އިން ނިކުންނާނެ ރަނިންމޭޓެއް މިހަފްތާ ބަންދުގައި އެޕާޓީން އިޢްލާންކުރައްވާނެކަމަށް ބުނެފައިވާއިރު، ރަަސްމީކޮށް ވަކި ނަމެއްގެ ވާހަކަ އެޕާޓީން އަދި ބުނެފައިނުވެއެވެ.

ޓެގްސް: ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.