ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުއްﷲ

ހަބަރު

ޑިމޮކްރެޓްސްގެ ރަނިންގ މޭޓަކަށް އީވާ؟!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 1 އޯގަސްޓު 2023 , އަންގާރަ 15:07   339

އަލަށް އުފެދުނު ސިޔާސީ ޕާޓީން އިން ނެރޭނެ ރަނިންގ މޭޓަކަށް ވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުއްﷲ ތައްޔާރުވާން ފައްޓަވައިފިއެވެ.

އެޕާޓީ އިން މިހާތަނަށް ރަނިންގ މޭޓަކު އިޢްލާންކޮށްފައި ނުވާއިރު، އީވާ ގެންދަވަނީ ކެންޑިޑެސީ ފޯމާއިއެކު ހުށަހަޅަންޖެހޭ ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް ކުރައްވަމުންކަމަށް މަޢްލޫމާތު ލިބިފައިވެއެވެ.

ދަ ޑިމްކްރެޓްސް އިން ވަނީ ރިޔާއިންތިޚާބަށް ނިކުންނާނެ ކެންޑިޑޭޓަކު މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެޕާޓީގެ ރިޔާސީން ޕްރައިމަރީ އިން ކަނޑައަޅުއްވާފައެވެ. ޕްރައިމަރީގެ 94.94 އިންސައްތަ ވޯޓާއިއެކު ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

ދެ ބޭފުޅުން ވެސް މިހާރު ވަނީ ކުށުގެ ރިކޯޑް ފޯމު ހުށަހަޅުއްވާފައެވެ.

އީވާ އަންހެން ބޭފުޅެއްގެ ގޮތުގައި ރަނިންގ މޭޓަކަށް ނެރުމަށް އެޕާޓީގެ ގިނަ މެމްބަރުންތަކެއް ދަނީ ސޯޝަލް މީޑިއާގައި ކެމްޕޭން ވެސް ކުރައްވަމުންނެވެ.

ޓެގްސް: އެމްޕީ އީވާ ދަ ޑިމޮކްރެޓްސް ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.