އިސީ އަށް ކެންޑިޑެސީ ފޯމު ހުށަހެޅުމުން ވަނީ އެފޯމް ބަލައިނުގެންފައި

ހަބަރު

ރައީސް ޔާމީންގެ މައްޗަށް ނިހާއީ ޙުކުމެއް ނެތް، މައްސަލަ ސުޕްރީމްކޯޓުން ބަލައިގެންފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 2 އޯގަސްޓު 2023 , ބުދަ 10:49   569

ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ކެންޑިޑެސީ ފޯމް ސުޕްރީމް ކޯޓުން މައްސަލައެއްގެ ގޮތުގައި ބަލައިގެންފިއެވެ.

ޕީޕީއެމް އިން ސުޕްރީމް ކޯޓަށް ގޮސްފައިވަނީ، ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތުމުންނެވެ.

އިލެކްޝަނުން ބުނެފައިވަނީ ޖިނާޢީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ޙުކުމެއް އޮތުމާއިއެކު ކެންޑިޑެސީ ފޯމް ބަލައިގަނެވެން ނެތް ކަމަށެވެ.

ނަމަވެސް، 2018 ވަނަ އަހަރު ވެސް މިފަދަ މައްސަލައެއް ސުޕްރީމް ކޯޓުން ބަލާފައިވާއިރު، ރައީސް ޔާމީންގެ އިސްތިޢުނާފުގެ މަރްޙަލާ ފުރިހަމަ ނުވެއެވެ. މައްސަލަ ދަނީ އިސްތިޢްނާފްގެ މައްސަލައެއްގެ ގޮތުގައި ހައިކޯޓުގައި ބެލެމުންނެވެ. ހައި ކޯޓުން މިމައްސަލަ އާއިމެދު މިހާތަނަށް ގޮތެއް ނިންމާފައިނުވެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުއްﷲ ދީދީ ވެސް ވަނީ މިމައްސަލައިގައި ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަން ކަމިޝަނުން ބަލައިގަންނަން ނުޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓަށް މިމައްސަލަ ޕީޕީއެމް އިން ހުށަހަޅާފައިވަނީ މިއަދު ހެދުނުކަމަށް މަޢްލޫމާތު ލިބެއެވެ.

އިލެކްޝަންސް ދަފްތަރުގައި ވާގޮތުން، ޕީޕީއެމް އަކީ ދިވެހިރާއްޖޭގައި މިވަޤުތު އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީއެވެ. އެޕާޓީގެ މެމްބަރުން އެދިއެދި ތިބީ ރައީސް ޔާމީނަށް އިންތިޚާބުގައި ވާދާކުރުމުގެ ފުރުޞަތަކަށެވެ.

ސަރުކާރުން މިއިންތިޚާބާއި ގުޅިގެން ބުނެފައިވަނީ، ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް ޔާމީންކަމަށެވެ.

ކަން މިހެން އޮތްއިރު އެމަނިކުފާނަށް މިއިންތިޚާބުގައި ވާދަކުރައްވަން ފުރުޞަތު ދެއްވަފާނެކަމާއިމެދު ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ޓެގްސް: ރައީސް ޔާމީން ސުޕްރީމް ކޯޓު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.