ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް

ހަބަރު

ކިނބިދޫއާއި، ވޭމަންޑޫ އާއި، އޮމަދޫ ގުޅާލާނެކަމަށާއި ހެލްތް ސެޓްފިކެޓް ޢާއްމުކުރާނެކަމަށް އިލްޔާސް ވިދާޅުވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 3 އޯގަސްޓު 2023 , ބުރާސްފަތި 11:19   192

ތ.ކިނބިދޫ، ވޭމަންޑޫ އަދި އޮމަދޫ ގުޅާލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުއްސުރެ ފައްޓަވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ތ. އަތޮޅުގެ ރަށްތަކަށް ރައީސް މުޙައްމަދު ނަޝީދު ހިމެނިވަޑައިންނަވާގޮތުން އޮގަސްޓް 2 އިން 4 އަށް ކުރަމުންދާ ދަތުރުގައި ކިނބިދޫގައި ވާހަކަދައްކަވަމުން އިލްޔާސް ލަބީބް ރޭ ވިދާޅުވީ ފުރިހަމަ ގޮތުގައި ޚިދުމަތްތައް ޤާއިމުކޮށް، ފޯރުކޮށްދެވޭނީ އެކަށީގެންވާ އާބާދީއެއް އޮވެގެންކަމަށާއި، "އަޅުގަނޑު ޑިމޮކްރެޓުންގެ ކެންޑިޑޭޓެއްގެ ޙަިއިސިއްޔަތުން ނުކުމެ މިހިރީ ތިޔަބޭފުޅުންނަށް ކިނބިދޫއާއި، ވޭމަންޑޫ އާއި، އޮމަދޫ ގުޅާލަ ދިނުމަށް،" ކަމަށެވެ.

މިއީ 2018 ގައި ސަރުކާރު ވެރިކަމަށް އަންނަމުންވެސް ވީ ވަޢުދެއްކަމަށާއި އެހެނަސް ވެރިކަމަށް އައިސް "މެނިފެސްޓޯ އެއްފަރާތް ކޮށްފައި" ވާކަމަށް ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.

މީއިތުރުން ހަމަ އެޖަލްސާގައި އިލްޔާސް ވިދާޅުވީ ރައީސް ނަޝީދު އެދި ވަޑައިގެންނެވި ގޮތަށް ހެލްތް ސެޓްފިކެޓް ޢާއްމުކުރައްވާނެ ކަމަށާއި، ރަނގަޅު ސިއްޙަތެއްގައި ހުންނެވިކަމަށެވެ.

މިލިޔުމާއި ގުޅޭ ވީޑިއޯ

ޓެގްސް: ދަ ޑިމޮކްރެޓްސް އިލްޔާސް ލަބީބް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.