ވޯޓުލާ މަރުކަޒެއްގައި އޮފިޝަލުން ޙަރަކާތްތެރިވަނީ. ފައިލް ފޮޓޯ

ހަބަރު

މިއަދު ހަވީރު 4 ގެ ފަހުން ރީރެޖިސްޓްރީވުމަށް އޮތް ފުރުޞަތު ބަންދުވާނެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 5 އޯގަސްޓު 2023 , ހޮނިހިރު 11:15   394

އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާތަން ތަފާތުވާނަމަ ރީ ރެޖިސްޖެހޭއިރު، އިލެކްޝަންސް ކަމިޝަނުން ރީރެޖިސްޓްރޭޝަނަށް ހުޅުވާލި ފުރުޞަތު މިއަދު ހަވީރު 4.00 އަށް ހަމަ ވާނެއެވެ.

އިލެކްޝަންސް އިން ވަނީ އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު އޮންލައިންކޮށް ވެސް ރީރެޖިސްޓާރ ކުރުމުގެ ފުރުޞަތު ދީފައެވެ. ނަމަވެސް އޯގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ފަހުން އޮންލައިންކޮށް ރީރެޖިސްޓަރ ނުކުރެވެއެވެ. 2 ވަނަ ދުވަހުގެ ފަހުން ރީ ރެޖިސްޓަރ ކުރެވެނީ ހަމަ އެކަނި ކަރުދާސް ފޯމުންނެވެ.

މިފަހަރުގެ އިންތިޚާބުގައި 100،000 އަށް ވުރެ ގިނަ މީހުން ރީ ރެޖިސްޓާރ ކުރަންޖެހޭކަމަށް އިލެކްޝަންސް އިން އަންދާޒާކޮށްފައިވާއިރު، އިލެކްޝަންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަދި ދެބައިކުޅައެއްބައި މީހުން ވެސް ރީރެޖިސްޓްރޭޝަން ފުރިހަމަކޮށްފައި ނުވެއެވެ.

މީގެ ކުރިން މާލެ ސަރަޙައްދަށް ރީރެޖިސްޓަރކޮށްފައިވާ ފަރާތްތަކުން އަލުން ރީރެޖިސްޓަރ ކުރަން ނުޖެހޭކަމަށް ވެސް އިލެކްޝަންސް އިން ބުނެފައިވެއެވެ.

ޓެގްސް: އިލެކްޝަންސް ކަމިޝަން ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.