މާލޭގެ އެންމެ ބޮޑު އަދި އެންމެ ޒަމާންވީ ސްކޫލް، މަޖީދިއްޔާގައި މިއަދުގެ އެސެމްބްލީ

ހަބަރު

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި، 30 އިންސައްތަ ދަރިވަރުން މާލެ ސަރަޙައްދުގައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 6 އޯގަސްޓު 2023 , އާދީއްތަ 09:48   329

ގާތް ގަނޑަކަށް ދޮޅުމަސްދުވަހުގެ ބޮޑު ޗުއްޓީއަށް ފަހު ދިވެހިރާއްޖެ ހުރިހާ ކަންކޮޅެއްގައި ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފައިވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 216 ސްކޫލެއްގައި، ޖުމްލަ 84،000 ދަރިވަރުން އާ ދިރާސީ އަހަރާއިއެކު ކިޔަވަން ފަށައިފައިވާ ކަމަށެވެ.

މީގެ ތެރެއިން 30 އިންސައްތަ ދަރިވަރުން ކިޔަވާނީ މާލެ ސަރަޙައްދުގައެވެ. އަދި އެއް ދަންފަޅިއަށް ކިޔަވައިދެނީ 156 ސްކޫލެއްގައެވެ.

ޓީޗަރުންނަށް ބަލާއިރު ޖުމްލަ 8،359 ޓީޗަރަކު ކިޔަވައިދޭނެއެވެ. އޭގެތެރެއިން 22 އިންސައްތަ ޓީޗަރުންނަކީ ބިދޭސީ ޓީޗަރުންނެވެ.

އަލަށް ގްރޭޑް އެކަކަށް ވަދެފައިވަނީ ހަތް ހާހެއްހާ ކުދިންނެވެ.

ޓެގްސް: ސްކޫލްތަކުން ތަޢްލީމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.