ރައީސް ޔާމީން ޝަރީއަތުގެ މަޖިލީހުގައި، ސުޕްރީމް ކޯޓުގެ 7 މެމްބަރުންގެ އިއްތިފާގުން މައްސަލަ ނިންމީ އިލެކްޝަންސް އާއި އެއްކޮޅަށް

ހަބަރު

ސުޕްރީމް ކޯޓުން ވެސް ޔާމީނަށް އިންތިޚާބަށް ކުރިމަތި ނުލެވޭނެކަމަށް ނިންމައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 6 އޯގަސްޓު 2023 , އާދީއްތަ 11:01   398

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން ޢަބްދުލް ޤައްޔޫމް އަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން މިމައްސަލަ ބަލަން ޖެހުނީ އިލެކްޝަންސް ކަމިޝަނުން ރައީސް ޔާމީންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމަށް ބުނެ ކެންޑިޑެސީ ފޯމް ބަލައި ނުގަތުމުން އެޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.

މިމައްސަލައިގެ ޝަރީޢަތް ޢާއްމުކޮށް ހުޅުވާލައިގެންނާއި ވަގުތުން ދުރަށް ދައްކާފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގެންނެވި 7 މެމްބަރުންގެ އިއްތިފާގުން ނިންމީ ރައީސް ޔާމީން އަށް އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށާއި، އިލެކްޝަންސްގެ ނިންމުން ރަނގަޅުކަމަށެވެ.

މިނިންމުމާއި އެކު ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ހުރިހާ ދޮރެއް ބަންދުވީއެވެ.

ޓެގްސް: ރައީސް ޔާމީން ޕީޕީއެމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.