ޕާޓީތަކުން ރިޔާސީ އިންތިޚާބަށް ފޯމުތައް ހުށަހަޅަން ފަށައިފިއެވެ.
މާދަމާ އަކީ ފޯމުތައް ހުށަހަޅަން އިލެކްޝަންސް ކަމިޝަނުން ނިންމި ފަހުދުވަހެއެވެ.
އެންމެ ފުރަތަމަ ފޯމު ހުށަހަޅުއްވާފައިވަނި މިހާރު ސަރުކާރު ހިންގަވަމުން ގެންދަވާ އެމްޑީޕީގެ ފަރާތުންނެވެ. އެޕާޓީގެ ރަނިންގ މޭޓަކީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް އެވެ.

ކާނަލް ނާޒިމް އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންނަވާ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވެސް ވަނީ ފޯމު ހުށަހަޅާފައެވެ. އެޕާޓީގެ ފަރާތުން ފޯމު ހުށަހެޅުއްވީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ނާޒިމް އާއި ރަނިންގ މޭޓް ޑރ. އަހުމަދު އަދީލް ނަސީރެވެ. އަދީލް އަކީ ތަޢްލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އައްޑު އަތޮޅަށް ނިސްބަތްވާ ފަރާތެކެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން ވެސް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވަނީ މިއަދު މެންދުރެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކީ ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބެވެ. އެޕާޓީގެ ރަނިންގ މޭޓަކީ ކުރީގެ އެސްޓީއޯގެ އެމްޑީ ހުސެން އަމްރުއެވެ.
