އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު އިލެކްޝަންސް ކަމިޝަނާއި ޙަވާލުކުރައްވައިފިއެވެ.
މިއަދަކީ ރިޔާސީ ކެންޑިޑޭޓުންގެ ފޯމުތައް ހުށަހަޅަންޖެހޭ އެންމެ ފަހު ޠާރީޚެވެ.
މުއިއްޒު ފޯމު ހުށަހަޅުއްވަން ދަރުބާރުގެ އަށް ވަޑައިގެންނެވި އިރު އަރިހުގައި ވަޑައިގެންނެވި ހަ ބޭފުޅެކެވެ. އޭގެ ތެރޭގައި ރައީސް ޔާމީންގެ ކޯލީޝަން މައި އެއް ތަނބުކަމަށް ގިނަބަޔަކު ބުނާ ޢަބްދުއްﷲ ޢަބްދުއް ރަޙީމް ހިމެނެއެވެ.
މުއްއިއްޒު އަކީ ކުރިން ރައީސް ޔާމީން އާއި ވަރަށް ގާތުން މަސައްކަތްކުރެއްވި ބޭފުޅެކެވެ.
ރައީސް ޔާމީން ޖަލު ޙުކުމެއް ތަންފީޒުކުރަމުން ދާތީ، ވާދަ ނުކުރެވިދާނެތީ ޕީއެންސީގެ ފަރާތުން ވަނީ ރިޔާސީ ޕްރައިމަރީ އެއްވެސް ބާއްވާފައެވެ. ޕްރައިމަރީގައި މުޢިއްޒު ވާދަ ކުރެއްވީ އާދަމް ޝަރީފް އާއިއެވެ. މުއިއްޒު ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވީ ޝަރީފް އާއި ވާދަކޮށް އެންމެ ދެ ވޯޓުގެެ ތަފާތަކުންނެވެ.
ރައީސް ޔާމީން ވަނީ އިއްޔެގެ ވަޤުތެއްގައި، ޕީޕީއެމް އިން ވެސް، އަދި ޕީއެންސީ އިން ވެސް އިންތިޚާބު ބޯއިކޮޓް ކުރަން ބޭނުންވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދެޕާޓީން ކުރެ ޕާޓީ އަކުން އެކަން ޤަބުލެއް ނުކުރެއެވެ. ޕީޕީއެމްގެ ސެނެޓުން ވެސް ވަނީ ރައީސް ޔާމީންގެ ނިންމުމާއި ޚިލާފަށް އިންތިޚާބުގައި ވާދަކުރަންޖެހޭކަމަށް ނިންމާފައެވެ.
އޭރެ ރައީސް ޔާމީން މިކަމާއި ގުޅޭގޮތުން އިތުރަށް ވިދާޅުވެފައިވަނީ އިންތިޚާބުގައި މުއިއްޒު ވާދަކުރައްވައިފި ނަމަ ޕީޕީއެމް އާއިއެކު އޮތް ކޯލީޝަން ވެސް ރޫޅާލާނެކަމަށެވެ. ނަމަވެސް ފަހުން މިނިންމުން ވަނީ ބަދަލުކުރައްވައި މުޢިއްޒަށް ތާޢީދުކުރައްވާފައެވެ.
