އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އުމަރު ނަސީރު

ހަބަރު

އުމަރު ނަސީރު ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 7 އޯގަސްޓު 2023 , ހޯމަ 12:15   332

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އުމަރު ނަސީރު ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފިއެވެ.

ޢުމަރު ކެންޑިޑެސީ ފޯމު ޙަވާލުކުރެއްވި ސަޕޯޓަރުންނާއިއެކު ސައިސަލުގައި ދަރުބާރުގޭގައި ހަދާފައިވާ އިންތިޚާބީ މައި މަރުކަޒަށް ވަޑައިގެނެވެ.

އޭނާ ވަނީ 2008 ގެ ރިޔާސީ އިންތިޚާބާއި 2013 ރިޔާސީ އިންތިޚާބުގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ. ނަމަވެސް، އެ ދެ އިންތިޚާބުގައި ވެސް އެދޭވޭ ރަނގަޅު ނަތީޖާތަކެއް ދެއްކިފައި ނުވެއެވެ.

އުމަރަށް 2008 ގެ އިންތިޚާބުގައި ލިބިވަޑައިގަތީ 7،000 އެއްހާ ވޯޓެވެ. 2013 ގައި ލިބިވަޑައިގަތީ 13،000 އެއްހާ ވޯޓެވެ.

ކެންޑިޑެސީ އާއިއެކު 1500 ސޮއި ހޯދަން ޖެހޭއިރު، ޢުމަރު ވިދާޅުވީ 2،000 އެއްހާއި ސޮއި ހޯއްދަވާފައިވާކަމަށެވެ.

އުމަރު ފޯމު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ މަންޒަރު

ޓެގްސް: އުމަރު ނަސީރު ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.