ފްލެޓަށް އެދުނު ފަރަތްތަކުގެ މަޢްލޫމާތުގެ ސައްޙަކަން ކަށަވަރުކޮށްފައި ނުވޭ

ހަބަރު

އިންތިޚާބަށް 32 ދުވަސް، ރައީސް ސޯލިޙް ވަޤުތީ ފްލެޓް ލިސްޓެއް ނެރުއްވައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 8 އޯގަސްޓު 2023 , އަންގާރަ 11:12 2   417

ރިޔާސީ އިންތިޚާބަށް އެންމެ 32 ދުވަސް ބާކީ އޮތްވާ ރައީސް ސޯލިޙްގެ ސަރުކާރުން ފްލެޓް ދިނުމަށް ލިސްޓެއް ނެރެފިއެވެ.

ސަރުކާރުން ބުނެފައިވަނީ 2 ކޮޓަރީގެ ފްލެޓް 6،208 މީހަކަށް ދީފައިވާކަމަށެވެ. އަދި 3 ކޮޓަރީގެ ފްލެޓް، 14،489 މީހަކަށް ދީފައިވާކަމަށެވެ.

ފްލެޓަށް އެދުނު ފަރަތްތަކުގެ މަޢްލޫމާތުގެ ސައްޙަކަން ކަށަވަރުކޮށްފައި ނުވާއިރު، މިއީ ވަޤުތީ ލިސްޓެއް ކަމަށް ވެސް ހައުސިންގ މިނިސްޓްރީ އިން މަޢްލޫމާތު ދެއްވާފައިވެއެވެ. އަދި އެތައް ހާސް ބަޔަކަށް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދީފައިވަނީ އެންމެ 2 ހަފްތާގެ މުހުލަތެކެވެ.

މީގެ ކުރިން ސަރުކާރުން ވަނީ މާލެ ސަރަޙައްދުން ގޯތިވެސް ގިނަ ޢަދަދަކަށް ދޫކޮށްފައެވެ. އޭގެ ތެރޭއިން ގިނަ ބިންތަކަކީ އަދި ނުވެސް ހިއްކާ ހުރި ތަންތަނެވެ. އަދި ރައީސް ސޯލިޙް އާއި އަރިސް ގިނަ ބަޔަކަށް އެގޯތި ތަކުން ގޯތި ދީފައިވާ މައްސަލަ ވެސް ފެންމަތި ވެފައިވެއެވެ.

ހަމައެހެންމެ، އައްޑޫ ސިޓީ އިންވެސް ރައީސް ސޯލިޙް ކުރެއްވި ދަތުރާއި ދިމާކޮށް ދަންވަރު އޮފީސް ހުޅުވައިގެން ގޯތި ދޭން ނިންމުމަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. މަޢްލޫމާތު ލިބޭ ގޮތުގައި މިއަދާއި ހަމައަށް ވެސް އެގޯތިތަކަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގައި ހުރި މަޢްލޫމާތުތަކުގެ ސައްޙަކަން ކަށަވަރުކުރެވިފައި ނުވެއެވެ.

އިދިކޮޅު ފަރާތްތަކުން ދެކެނީ ސަރުކާރުން ބެލުމެއްނެތި، އަވަސް އަރުވާލާފައި އިންސާފާއި އުސޫލުން ބޭރުން ދޫކުރާ ބިމާއި ފްލެޓްތަކުގެ މަސައްކަތް ހުއްޓަން ޖެހޭ ކަމަށެވެ. އަދި މިއީ ރައްޔިތުން އަތުން އޮޅުވާލައިގެން ވޯޓުގަތުމަށްޓަކައި ހިންގާ ޖަރީމާއެއްކަމަށް ވެސް އެފަރާތްތަކުނެ ބުނެއެވެ.

ޓެގްސް: ރިޔާސީ އިންތިޚާބު ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.