ރައީސް މުޙައްމަދު ނަޝީދު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އިލްޔާސް ލަބީބް އާއިއެކު މިއަަދު ހަވީރު ފުވައްމުލަށް ސިޓީއަށް ވަޑައިގެންފިއެވެ.
އެމަނިކުފާނާއި އިލްޔާސް އަދި ކެމްޕޭން ޓީމަށް އެރަށުގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ނިކުމެ މަރުޙަބާ ދަންނަވާފައިވެއެވެ.
ރައީސް ނަޝީދު އާއި ކެމްޕޭން ޓީމުން ވަނީ ފުވައްމުލަކު ޒުވާނުން އިންތިޒާމުކޮށްފައިވާ ޑައިވް ކޮމިއުނިޓީ އިވެންޓެއްގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ. މިއިވެންޓް ބާއްވާފައި ވަނީ ފުވައްމުލަކު ތުނޑީގައެވެ.

މި ދަތުރަކީ ދަ ޑިމޮކްރެޓްސްގެ ފަރާތުން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އިލްޔާސް ލަބީބް އަށް ތާޢީދު ހޯއްދެވުމަށް ކުރައްވާ ދަތުރެއްކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ. މިދަތުރުގައި ފުވައްމުލަކު ރައްޔިތުންނާއި ބައްދަލުކުރައްވާ އެޕާޓީގެ ސިޔާސަތުތައް ރައްޔިތުންނާއި ޙިއްޞާކޮށް ރައްޔިތުން ޚިޔާލާއި މަޝްވަރާ ހޯދާނެކަމަށް ވެސް އެޕާޓީ އިން ބުނެފައިވެއެވެ.
މިޚަބަރާއި ގުޅޭ