ސަރުކާރުން ފްލެޓާއި ހުރިހާ ޕްރޮޖެކްޓެއް ދީފައިވަނީ އިންޑިއާއިން ލޯނު ނަގައިގެން އިންޑިއާގެ ކުންފުނިތަކަށް

ހަބަރު

ފްލެޓް ލިސްޓް، އެއްވެސް ފްލެޓެއް ނިމިފައިނުވާއިރު ގިނަތަންތަނުގެ މަސައްކަތް ނުވެސް ފަށާ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 9 އޯގަސްޓު 2023 , ބުދަ 08:56   450

ރިޔާސީ އިންތިޚާބު އައިސް ބޯމަތިވެފައިވާއިރު ސަރުކާރުން އަންގާރަ ދުވަހު ފްލެޓް ދޭނެ މީހުންގެ ލިސްޓެއް ނެރެފައިވެއެވެ. އެލިސްޓުގައިވާ މީހުންގެ ތެރެއިން 13،000 އަށްވުރެ ގިނަ މީހުން ފްލެޓަށް ޝަރުތު ހަމަވާކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އެކްސްޕްރެސް ނިއުސް އަށް މަޢްލޫމާތު ލިބިފައިވާގޮތުން ސަރުކާރުން މިހާތަނަށް މަސައްކަތް ފަށާފައިވަނީ އެންމެ 4،000 ފްލެޓްގެ މަސައްކަތެވެ. އެއީ އިންޑިއާއިން 227 ބިލިއަން ޑޮލަރުގެ ލޯނު ނަގައިގެން އިންޑިއާގެ ދެ ކުންފުންޏަކާއި ޙަވާލުކޮށްގެންނެވެ. ކޮންމެ ކުންފުންޏަކަށް ޙަވާލުކޮށްފައިވަނީ 2،000 ފްލެޓް އެޅުމަށެވެ.

މި ފްލެޓްތައް މިދައުރުތެރޭގައި ނިންމޭނެކަމަށް ނުބެލެވޭއިރު، އިތުރު 4،000 ފްލެޓް އެޅުމަށް އަނެއްކާވެސް އިންޑިއާގެ ކުންފުންޏަކަށް 168.20 މިލިއަން ޑޮލަރަށް ދީފައިވަނި ނިމިދިޔަ ހަފްތާތެރޭގައެވެ.

ސަރުކާރުން ވަޢުދުވިގޮތަށް ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢުއެއް ރާއްޖޭގެ އެއްވެސް ހިސާބެއްގައި ކުރިއަށް ގޮސްފައިނުވެއެވެ. އަދި ޢާއްމުކޮށްފައިވާ ފްލެޓް ލިސްޓަކީ ބޮޑު އޮޅުވާލުމެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރެއެވެ. ލިސްޓުގައިވާ އެއްވެސް މީހަކަށް މިދައުރުތެރޭގައި ފްލެޓެއް ލިބުމުގެ އެއްވެސް އުއްމީދެއްނެތެވެ.

ޓެގްސް: ބޯހިޔާވަހިކަން އެޕާޓްމެންޓްތައް ހުޅުމާލެ ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.