މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރަނިން މޭޓް ޑރ. އަހުމަދު އަދީލް ނަސީރު އެޕާޓީގެ ކެމްޕޭން ޓީމާއިއެކު އައްޑޫސިޓީއަށް ވަޑައިގެންފިއެވެ.
އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަކީ ކާނަލް މުޙައްމަދު ނާޒިމްއެވެ.
އަދީލް އައްޑޫސިޓީ އަށް ވަޑައިގެންނެވުމުން، އަދީލް އާއި ޕާޓީއަށް ތާޢީދުކުރައްވާ ގިނަބަޔަކު ވަނީ ގަން އެއަރޕޯޓަށް ވަޑައިގެން މަރުހަބާ ދެންނެވާފައެވެ.
އަދީލް އަކީ އައްޑޫސިޓީ އަށް ނިސްބަތްވާ ތަޢްލީމީ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ ފަރާތެކެވެ.
އެމްއެންޕީ އިން ވަނީ ރަނިން މޭޓް އިޢްލާންކުރުމަށްޓަކައި މާލޭގައި ޚާއްޞަ ޖަލްސާއެއް ވެސް ބާއްވާފައެވެ. އެޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދީލް ވަނީ ގައުމަށް ދިމާވެފައިވާ ގިނަ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވާ އެމައްސަލަތަކަށް އޮތް ޙައްލުތަކާއިގުޅޭ ގޮތުން ބައެއް ޚިޔާލުތައް ހުށަހަޅުއްވާފައެވެ.
އެމްއެންޕީގެ ފަރާތުން ވަނީ މިއަދު މެންދުރު އެމްއެންޕީ ފޭދޫ އޮފީހުގައި އަދީލް އާއި އެޕާޓީއަށް ތާޢީދުކުރައްވާ ފަރާތްތަކާއިއެކު ބައްދަލުވުމެއް ވެސް ބާއްވާފައެވެ.


