ގއ. ވިލިނގިލީގައި ބުރާސްފަތި ދުވަހު ފުލުހުން އިދިކޮޅުފަރާތްތަކާއި ކުރިމަތިލަނީ

ހަބަރު

އިދިކޮޅު ފަރާތްތަކަށް ދުއްތުރާކޮށް ފުރައްސާރަނުކުރުމަށް ދަ ޑިމޮކްރެޓުން ގޮވާލައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 11 އޯގަސްޓު 2023 , ހުކުރު 11:55 3   470

ރައީސް ސޯލިޙްގެ އަމުރަށް ފުލުހުން ލައްވައި އިދިކޮޅުފަރާތްތަކަށް ކުރަމުންދާ ދުއްތުރާތަކާއި ފުރައްސާރަ ކުށްވެރިކޮށް ދަ ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ބަޔާނެއް ނެރެފިއެވެ.

ހުކުރު ދުވަހުގެ ހެނދުނު އިނގިރޭސި ބަހުން ނެރެފައިވާ މިބަޔާނުގައިވާ ގޮތުން ރައީސް ސޯލިޙް ކޭމްޕޭނުގައި ވަޑައިގަންނަވާ ކޮންމެ ރަށަކުން، އެރަކަށް އެރުމުގެ ކުރިން ރަޔަޓު ގިޔަރުގައި އެސްއޯ ފުލުހުން ފޮނުވައި އެ ރަށްރަށުގައި ދިރިއުޅޭ ޢާއްމު ރައްޔިތުންނަށް ބިރު ދައްކައި އެ އެހެން ޕާޓީގެ ކެމްޕޭންތަކަށް ހުރަސް އަޅަމުންދާކަމަށެވެ.

މިގޮތުން ރައީސް ސޯލިޙް ދ. ކުޑަ ހުވަދޫ އަށް ވަޑައިގަތުމުގެކުރިން، އޯގަސްޓް 7 ގައި ފުލުހުން އަނިޔާވެރިގޮތަކަށް އެރަށުގެ އިންތިޚާބުކޮށްފައިވާ ކައުންސިލަރ އަހުމަދު މައުރޫފް ހައްޔަރުކޮށްފައިވާއިރު، ޢާއްމު ތަންތާ ތިބި އެތަށް ރައްޔިތަކަށް އަނިޔާކޮށްފައިވާކަމަށެވެ.

ހަމައެހެންމެ ޖުލައި މަހުގެ 31 ވަނަ ދުވަހު ފުވައްމުލަކަށް ރައީސް ސޯލިޙް ވަޑައިގެންނެވި އިރުގައި އާއި، ގދ. ގައްދޫ، ގދ. ދެއްވަދޫ، އަދި ގދ. ވިލިނގިއްޔަށް ވަޑައިގެންނެވި އިރުވެސް ހަމަ މިމޭރުމުން ޢަމަލުކޮށްފައިވާކަމަށެވެ.

ކޮންމެ ރަށަކަށް ރައީސް ސޯލިޙް ވަޑައިގެން އެތައް ބަޔަކު ކުރީބައިގައި އެރަށްރަށަށް އުފުލައި އެމަނިކުފާނުގެ އިސްތިޤްބާލާއި މަރުޙަބާދެންނެވުމުގައި ބައިތިއްބާކަމަަށް ވެސް ބުނެފައިވެއެވެ. ބޭންކް ލޯންތައް ދިނުމާއި، ހައުސިން ސްކީމްތަކުގައި ބައިވެރިކޮށްދިނުމާއި، އިންޝޫރެންސް ޕްރޮގްރާމްތަކުގައި ބައިވެރިކުރުމާއި، ތާޢީދުކުރާ ފަރާތްތަކަށް ވަޒީފާ ދިނުންވެސް ވަރަށް ފާޅުކަންބޮޑު ގޮތަކަށް ދަނީ ކުރައްވަމުންކަމަށެވެ.

މިއީ އިންސާފުން ބޭރުން، ދައުލަތުގެ ވަޞީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުންކަމަށާއި، މީގެ ސަބަބުން އިދިކޮޅު ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ލިބިގެން ނުދާކަމަށެވެ.

ޓެގްސް: ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް މާރާމާރީ ދަ ޑިމޮކްރެޓްސް ޑިމޮކްރެސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.