ރިޔާސީ އިންތިހާބު 2023 ގައި، ވޯޓުލުމަށް ރަޖިސްޓަރީ ކުރިނަމަވެސް، ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަނުވެގެން ރަޖިސްޓަރީ ބާޠިލުވާ މީހުން، ވޯޓު ފޮށި ބެހެެއްޓޭކަން ކަށަވަރު ވެފައިވާ ތަނަކަށް، އަލުން ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކަމިޝަނުން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކަމިޝަނުން އިއްޔެ ނިންމާފައިވަނީ 23 ވޯޓު ފޮއްޓަކަށް މަދުވެގެން ވޯޓުލާން ޖެހޭ މީހުންގެ ޢަދަދު ހަމަނުވާތީ އެފޮށިތައް ކެންސަލްކޮށްފައިވާކަމަށެވެ.
އިލެކްޝަންސް ކަމިޝަނުން ވަނީ 2023 އޮގަސްޓު 13 ވާ އާދީއްތަ ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން، 2023 އޮގަސްޓު 14 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 04:00 ގެ ނިޔަލަށް އެފޮށިތަކަށް ކުރިން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް، އަލުން ރީ ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
މިހާރު މިއައި ބަދަލާއިއެކު ވޯޓުލާން ހަމަޖެހިފައިވަނީ ޖުމްލަ 580 ވޯޓު ފޮށްޓަކަށެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
