ކިރާއި ކައްކާ ތެޔޮ، ދަތުރުފަތުރު ތަކާއި ޒަރޫރީ ގިނަ ކަންކަމުގެ އަގުތައް ވަނީ ވަރަށް ބޮޑުތަން އުފުލިފައި

ހަބަރު

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ދަށަށްދާއިރު، ރާއްޖޭގެ ޙާލަތަށް ބަދަލެއް ނާދޭ

އަލީ އަޒްޔަން - ދުނިޔެ | 15 އޯގަސްޓު 2023 , އަންގާރަ 13:07   692

ދުނިޔޭގެ ބާޒާރުގައި ކިރާއި ސަންފްލާވާރ އޮއިލް ފަދަ ޒަރޫރީ މުހިއްމު ބާވަތްތަކުގެ އަގުތައް ވަރަށް ބޮޑުތަން މަހަކަަށްފަހު މަހެއް އަންނަނީ ދަށްވަމުންކަމަށް ބައިނަލްޢަޤްވާމީ މީޑިއާ ރެޕޯޓްތައް ބުނެއެވެ. އިނގިރޭސިވިލާތާއި ޔޫރަޕްގެ ބައެއް ސަރަޙައްދުތަކަށް ބަލާއިރު ގާތްގަނޑަކަށް 12 ޕަސެންޓް މިބާތްތަކުން ދަށްވެފައިވެއެވެ.

ނަމަވެސް ރާއްޖޭގެ ޙާލަތަކަށް ބަދަލެއް ނާދެއެވެ.

ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު ރާއްޖޭގައި ވެސް، ކާބޯތަކެތީގެ ގިނަބާތްތަކާއި، ކޮންސްޓްރަކްޝަން މެޓީރިއަލްސް، ޕެޓްރޯލް އާއި ޑީސެލް ފަދަ ގިަނ ބާވަތްތަކުން އަގުތައް އުފުލިފައިވެއެވެ.

އެސްޓީއޯ އިން ވިއްކާ ޓިނުގަނޑެއް ވޭތުވެދިޔަ 2 އަހަރުތެރޭގައި 40 އިންސައްތަ އުފުލިފައިވެއެވެ.

ސަރުކާރުން ދައުރު ނިމެން ކައިރިވެފައިވަނިކޮށް ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކޮށްފައިވާއިރު، ކޮންމެ ޕްލާސްޓިކް ކޮތަޅަކުން 2 ރުފިޔާ ނަގަން ފަށާފައިވެއެވެ.

ހަމައެހެންމެ ކާބޯތަކެއްޗާ ތެލުގެ އަގޮ ބޮޑުވުމުން، ޓެކްސީ ދަތުރުތަކާއި، ވައިގެ ދަތުރުފަތުރަށް ވެސް ބޮޑު ނޭދޭވޭ އަސަރެއްކޮށްފައިވެއެވެ. ހަމައެހެން ކެފޭ ރެސްޓޯރެންޓުތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގުވެސް ވަރަށް ބޮޑަށް އުފުލިފައެވެ.

ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާއިރު، ރައީސް ސޯލިޙް ވަރަށްފަހުން ކެމްޕޭންކުރައްވަމުން ޕޯޑިއަމެއްގައި ވިދާޅުވީ ތަކެތީގެ އަގު ބޮޑު ނުވާކަމަށާއި، އަގުތައް ދަނީ ދަށަށްކަމަށެވެ.

ރައީސް ސޯލިޙް މިހެން ވިދާޅުވުމުން ގިނަބަޔަކު ސޯޝަލްމީޑިއާއި އެވާހަކަތަކަށް ފާޑުކިޔައި ރައްދުދީފައިވެއެވެ. ގިނަބަޔަކު ޤަބޫލުކުރަނީ ރާއްޖޭގައި ދިރިއުޅުމުގެ ޚަރަދު އިންތިހާއަށް އިތުރުވެފައިވާކަމަށެވެ. އަދި ލިބޭ ޢާމްދަނީ އިތުރުވެފައި ނުވާކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފޯރިގަދަ ވެފައިވާއިރު، ގިނަ ކެންޑިޑޭޓުންގެ އެންމެ މުޙިއްމު އެއް ވަޢުދަށް ވެފައި އޮތީ ޖީއެސްޓީ ކުޑަކޮށް ތަކެތީގެ އަގުތައް ތިރިކުރުމެވެ. ރައީސް ސޯލިޙްގެ ސަރުކާރުގައި އެފަދަ ޕްލޭންތަކެއް މެނިފެސްޓޯގައި ހިމަނާފައި ނުވެއެވެ.

ޓެގްސް: ތަކެތީގެ އަގުއުފުލުން އިގްތިޞޯދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.