މިއަދުގެ ބައްދަލުވުމުގައި ކައުންސިލަރުން ވޯޓުދެއްވަނީ، ބިންދޫކުރުމަށްޓަކައި ހަދަންޖެހޭ ލޭންޑްޔޫޒް ޕްލޭންތައް މިހާތަނަށް ވަނީ ނުނިމި

ހަބަރު

އައްޑޫ އިން 3972 ގޯތީގެ ލިޔުން ދޫކުރުމަށް ނިންމައިފި، ލޭންޑްޔޫޒް ޕްލޭންތައް ނުނިމޭ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 16 އޯގަސްޓު 2023 , ބުދަ 13:10   276

އައްޑޫ އިން 3972 ގޯތީ ލިޔުން އިންތިޚާބުގެ ކުރިން ޙަވާލުކުރުމަށް އައްޑޫ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުން ނިންމައިފިއެވެ.

މިނިންމުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައްޑޫ ސިޓީ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ، ބިންތައް ދޫކުރުމުގެ ކުރިން ހަދަން ޖެހޭ ލޭންޑްޔޫޒް ޕްލޭންތަކުގެ މަސައްކަތް އަންނަ މަހަށް ނިންމާލެވޭނެކަމަށެވެ. ނަމަވެސް ތަފްޞީލްތަކެއް ދެއްވާފައި ނުވެއެވެ.

ޤާނޫނުގައި ވާގޮތުން، ބިމާއިގުޅޭ އެއްވެސް ނިންމުމެއް ނިންމޭނީ ލޭންޑް އެރަށެއްގެ ރަށުކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ފާސްކުރުވާ ލޭންޑްޔޫޒް ޕްލޭނަށް ރިޢާޔަތްކުރުމަށް ފަހުއެވެ.

މިއަދުގެ ކައުންސިލް ބައްދަލުވުމުގައި ބައެއް ކައުންސިލަރުން ވަނީ ހުރި ކަންބޮޑުވުންތައް ޙިއްޞާކުރައްވާފައެވެ.

ޚުލާޞާ ވީޑިއޯ

މިގޮތުން މީދޫ ކައުންސިލަރ އާމިނަތު ސޯލިހާ ވިދާޅުވީ މީދޫ އިން 306 ފަރާތަކަށް ގޯތި ލިބޭ ލިސްޓުގައި ހިމަނާފައިވާއިރު، އެންމެ ގިނަވެގެން ވެސް މިވަގުތަށް މީދޫ އިން ދެވޭނީ 100 ގޯތިކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

ހިތަދޫ އޮޑައްސައު މޫލެކެޑެ ދާއިރާގެ ކައުންސިލަރ އަހުމަދު ސަޢީދު ވިދާޅުވީ، މީގެ ކުރިން ރައީސް ޔާމީން ސަރުކާރުގައި ވެސް 300 ގޯތި ދޫކުރުމަށް އިޢްލާން ކުރުމުން 1500 މީހާކު ކުރިމަތިލިކަމަށާއި، އެފަހަރުވެސް ގޯތިތައް ދޫކުރިކަމަށެވެ. ނަަމަވެސް، ރައްޔިތުންނަށް އެގޯތިތައް ވީތަނެއް ދެއްކިފައި ނުވާކަމަށެވެ. އެހެންކަމުން އެގޮތަށް ކަންކަން ތަކުރާރުނުވާނެހެން އިންތިޒާމުތައް ހަމަޖެއްސެން ޖެހޭ ކަމަށެވެ.

ކައުންސިލުން ވަނީ މިކަމަށް ޚާއްޞަކޮށްގެން މުވައްޒަފުންތަކެއް ވެސް ނަގާފައެވެ. ނަމަވެސް، ފަހުވަގުތު ނިންމީ ޝަރުތުތައް މަދުކޮށް އިވެލުއޭޝަންގެ ބައެއް ބައިތައް އުނިކުރުމަށްފަހު ގޯތި ދިނުން އަވަސް ކުރުމަށެވެ.

މިއަދުގެ ޖަލްސާގައި 4،000 ގޯތި ދެއްވާނެކަމަށް މޭޔަރ ޢަލީ ނިޒާރު ވިދާޅުވެފައިވާއިރު، އިޢްލާންކޮށްފައިވަނީ 1،000 ގޯތި ދޫކުރުމަށެވެ.

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް ލޭންޑްޔޫޒް ޕްލޭން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.