އެމްއެންޑީއެފް އިން ޢާއްމުކޮށްފައިވާ މަސް ބޯޓުގެ ފޮޓޯއެއް

ހަބަރު

ލަންކާގެ މަސް ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ހިފަހައްޓައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 17 އޯގަސްޓު 2023 , ބުރާސްފަތި 09:33   329

ރާއްޖޭގެ އިޖްތިމާޢީ ޚާއްޞަ ސަރަޙައްދަށް ވަދެ މަސްވެރިކަންކުރަން އުޅުނު އަވަށްޓެރި ސްރީލަންކާގެ މަސްބޯޓެއް، ދިވެހިރާއްޖޭގެ ކޯސްޓްގާޑުން ހިފަހައްޓައިފިއެވެ.

މި ބޯޓު ހިފަހައްޓާފައިވަނީ ރާއްޖޭގެ އެންމެ އުތުރުންނެވެ.

ހއ. ފިއްފިއްލަދޫ އާއި 15 ވަރަކަށް މޭލު ބޭރުން އަތުލައިގަތް މިބޯޓު މިހާރު ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކުޅުދުއްފުށްޓަށް ބަނދަރުކޮށްފައެވެ.

މިބޯޓް ފެނުނުކަމަށް ރިޕޯޓްކޮށްފައިވަނި "ދުރު ރާސްތާ 10" ނަމަކަށްކިޔާ ދޯންޏަކުންނެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ މި ބޯޓު މާލެއަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ.

ޓެގްސް: ސްރީލަންކާ އިޤްތިޞާދީ ޚާއްޞަ ސަރަޙައްދު އެންއެންޑީއެފް ކޯސްޓްގާޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.