ރައީސް ނަޝީދު ކުޅުއްދުށީ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

ހަބަރު

ކަނޑުން ބިން ލިބުނު ފަރާތްތަކަށް ހިކިފަސްތަނުން ބިން ލިބެންޖެހޭ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 17 އޯގަސްޓު 2023 , ބުރާސްފަތި 10:04   1242

ސަރުކާރުން ގިނަ ފަރާތްތަކަށް އަދި ނުވެސް ހިއްކާ ސަރަޙައްދުތަކަކުން ބިން ދޫކޮށްފައިވާތީ، ހިކިފަސްތަނަކުން އެފަރާތްތަކަށް ބޯހިޔާވަހިކަން ލިބެންޖެހޭކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގިރާވަރު ފަޅު ހިއްކުމުގެ ވާހަކައަށް އަށް ޢިޝާރާތްކުރައްވައި އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ އަދި މާބޮޑު ޕްލޭނެއް ވެސް ހެދިފައި ނުވާކަމެއްކަމަށެވެ.

އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ސަރުކާރުން 19،631 މީހަކަށް ގޯތިލިބުމުގެ ޝަރުތު ހަމަވާކަމަށް ބުނެ ލިސްޓެއްނެެެފައިވެއެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ މިހާރު ހިއްކާފަ އޮތް ބިމުން ހުރިހާ އެންމެނަށް ގޯތި ދެވެން ނެތްކަމަށެވެ.

ނުހިއްކާ އޮތް ސަރަޙައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށް މާލެ ސަރަޙައްދުން ހިކިފަސްތަނަކުން ބޯހިޔާވަހިކަން ހަމަޖައްސަން ޖެހޭ. ގިރާވަރު ހިއްކާ ވާހަކަ އަކީ އަދި މާ ބޮޑު ޕްލޭންއެއް ނެތް ވަރަށް ދުރު ވާހަކައެއް.

~ ރައީސް ނަޝީދު، ޓުވިޓާރ ގައި

މާލެ އިން ގޯތި ދީފައިވާކަމަށް ބުނެފައިވާ ލިސްޓުގައިވާ މީހުންގެ ތެރެއިން 683 މީހަކަށް ގޯތި ދޫކޮށްފައިވަނީ ނުހިއްކާ ހުރި ސަރަޙައްދުތަކުންނެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ. ރިޔާސީ އިންތިޚާބަށް ވަޤުތު ކުޑަތަންވެފައި ވަނިކޮށް ސަރުކާރުން މިފަދަކަންކަން ކުރުމަކީ ވޯޓުގަތުމަށް ދެވޭ ރިޝްވަތެއްކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފައިވެއެވެ.

ބުދަދުވަހު އައްޑޫ އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ މިފަދަ ލިސްޓެއް ނެރެ، އިޢްލާންކުރި އަދަދަށް ވުރެ ގިނައިން ބިން ދޫކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން 1،000 ގޯތި ދޫކުރުކަށް އިޢްލާންކުރި ނަމަވެސް، ބިމަށް އެދުނު 4125 މީހުންގެ ތެރެއިން 3972 މީހަކަށް ބިން ދޫކުރާނެކަމަށް ބުނެފައިވެއެވެ. ނަމަވެސް މިހާތަނަށް އައްޑޫގެ ބިން އެއްކޮށް ހިއްކާ ނިމިފައި ނުވާއިރު، ހަދަންޖެހޭ ލޭންޑް ޔޫޒް ޕްލޭންތައް ވެސް ނިމިފައި ނުވެއެވެ.

ޓެގްސް: ބޯހިޔާވަހިކަން ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.