ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވަނީ ލޯނުގެ ޙާލަތާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައި

ހަބަރު

ރާއްޖެއިން ނަގަމުންދާ ލޯނުތައް އަނބުރާ ނުދެއްކޭނެ، މިހާރުދާ ރޭޓުން ބަނގުރޫޓު ވާނެ!

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 18 އޯގަސްޓު 2023 , ހުކުރު 21:10   1271

ރާއްޖޭގެ ދަރަނީގެ ޙާލަތާއި ގުޅޭގޮތުން ޖުމްހޫރީގެ ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހިމް ފާޑު ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ހދ. އަތޮޅަށް މިއަދު ވަޑައިގެން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން ލޯނުތައް ނަގަމުންދަނީ ނުކަތާވަރަށް ކަމަށް ވިދާޅުވިއެވެ.

ހަމައެހެންމެ ލޯނު ނަގާ ޤައުމުތައް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި، ނަގަމުންދާ ލޯނުތައް ރާއްޖެއަށް އަނބުރާ ނުދެއްކޭނެކަމަށެވެ.

ލާރި ދެމުން ދަނީ... މި ލާރި ނަގަނީ ނަގަނީ ހުރިހާ ކަމެއްވެސް ކުރަން، ނަގަމުން ގޮސް ލާރި ދައްކަން ޖެހޭ ދުވަހު ނުދެއްކުނީމަ ދެން ކިހިނެއްތޯ މި ދެން ވާނީ.

~ ޤާސިމް އިބްރާހިމް

ގާސިމް ވިދާޅުވީ މިހާރު ނަގަމުންދާ ރޭޓުން ލޯނު ނަގަމުންދާ ނަމަ ރާއްޖެ ބަނގުރޫޓުވާނެ ކަމަށެވެ.

120 ބިލިއަން ރުފިޔާގެ ދަރަނި މިއަދު [އެބަ] އޮތް. އަދި ކޮބައިތޯ ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި. އެއް ބިލިއަން ޑޮލަރަށްވުރެ މަތިވާނެ އިނގޭތޯ.

~ ޤާސިމް އިބްރާހިމް

ޤާސިމް އިތުރަށް ވިދާޅުވީ، ދަރަނި ނަގާ ގައުމު އެނގޭ ކަމަށާއި، މިދަރަންޏާއި ހަވާލުވާން ޖެހޭނީ ދިވެހި ރައްޔިތުންކަމަށާއި އެކަމާއި ނުހަނު ކަންބޮޑުވެ ވަޑައިގަންނަވާކަމަށެވެ.

ސަރުކާރުން ވަނީ ކުރިއާއި ޚިލާފަށް ސަރުކާރުގެ ދަރަނިތަކުގެ ތަފްޞީލްތައް ޢާއްމުކުރުން ހުއްޓާލާފައެވެ.

އިދިކޮޅު ގިނަ ފަރާތްތަކުން ދެކެނީ އެއް ޤައުމަކަށް ފައިސާ ދަރަންޏަށް ހޯދުމަކީ، އަދި ޢާމްދަނީ އާއި ނުބައްދަލު މިންވަރަށް ދަރަނި ނެގުމަކީ ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައެވެ.

ޓެގްސް: ޤާސިމް އިބްރާހިމް ޖުމްހޫރީ ޕާޓީ (ޖޭޕީ) ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.