ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި ރަނިންގ މޭޓް ހުސެން އަމްރު

ހަބަރު

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި އެންމެ ކުދި ވިޔަފާރިތަކުން ޓެކްސް ނެގުން ހުއްޓާލާނެ: އިލްޔާސް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 އޯގަސްޓު 2023 , ހޮނިހިރު 20:59   157

އާމްދަނީގެ ގޮތުގައި އަހަރަކު 1 މިލިއަން ރުފިޔާ ލިބޭ ވިޔަފާރިތަކުން ޓެކްސް ދައްކަން ޖެހޭއިރު، އިލްޔާސް ވިދާޅުވީ ޑިމޮކްރެޓްސްގެ ވެރިކަމެއްގައި އެންމެ ކުދި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން 8000 ރުފިޔާ އަށްވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޓެކްސް ދެއްކުން ނިމުމަކަށް ގެނެސްދެއްވާނެކަމަށެވެ. އަދި އެ ވިޔަފާރިތައް ކުރިއަރުވަން އިތުރު މަސައްކަތްތައް ކޮށްދެއްވާނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

އެގޮތުން ކުއްުޔާއި، ކަރަންޓާއި ފެންފަދަ ޔުޓިލިޓީސް ބިލުތަކަށް ބޮޑު ހޭދައެއް ކުރަންޖެހުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ލިބެންޖެހޭ ހަގީގީ ކުރިއެރުން ނުލިބޭކަމަށެވެ.

ހދ. އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ވައިކަރަދޫގައި ބޭއްވި ޖަލްސާގައި އިލްޔާސްގެ ވިދާޅުވީ ރާއްޖޭގެ ކުދި ވިޔަފާރިތައް ކުރިއަށްދިއުމަށް ގިނަ ދަތިތަކާއި ހުރަސްތަކެއް ކުރިމަތިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

"ފިހާރަތަކާއި ސައި ހޮޓާތަކާއި ގެސްޓްހައުސްތައްް، މިތަންތަނުގެ ކަރަންޓު ބިލް އިންތިހާއަށް ބޮޑު. 8000 އާއި 25000 ދޭތެރޭ އަރާ އެބަ ފިހާރައަކަށް. މިވަރުން ކަރަންޓު ބިލަކައް ލާރިދައްކާފަ ކިހިނެއްތޯ ވިޔަފާރިއެއް ކުރެވޭނީ" އިލްޔާސް ވިދާޅުވިއެވެ.

ދަ ޑިިމޮކްރެޓްސްއިން އެންމެ ފުރަތަމަ އިއުލާން ކުރި އެއް ސިޔާސަތަކީ ފަސޭހަ ވިޔަފާރި ސިޔާސަތެވެ. މި ސިޔާސަތުގެ ދަށުން، ކުދި ވިޔަފާރިތަކަށް އަންނާނެ ތަރައްޤީއާއި ކުރިއެރުންތައް ފާހަގަކޮށްފައިވެއެވެ.

ޓެގްސް: ދަ ޑިމޮކްރެޓްސް ޓެކްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.