ވޯޓުލާ މަރުކަޒެއްގެ ބޭރުގައި އިލެކްޝަންސްގެ މުވައްޒަފުން ޙަރަކާތްތެރިވަނީ

ހަބަރު

ވޯޓާސް ލިސްޓް ޢާއްމުކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 20 އޯގަސްޓު 2023 , އާދީއްތަ 11:53   370

އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓްގައާއި އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި މި ލިސްޓު ވަނީ އާންމުކޮށްފައި ވާއިރު، ލިސްޓުގައިވާގޮތުން 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

އިލެކްޝަންސް ކަމިޝަނުން ވިދާޅުވެފައިވަނީ މިއީ ފައިނަލް ލިސްޓެއް ކަމަށެވެ. ކޮމިޝަންގެ ވެބްސައިޓުގައި ދުވަހުން ދުވަހަށް އާންމުކުރަމުން އައިސް ސިޔާސީ ޕާޓީތަކާ ލިސްޓު ހިއްސާކޮށް، ޝަކުވާއަށް ހުޅުވާލައި، ޝަކުވާގެ މުއްދަތުގައި ލިބުނު ޝަކުވާތަކަށްވެސް ރިއާޔަތް ކުރުމަށްފަހު ފައިނަލްކުރެވިފައިވާ އެންމެ ފަހުގެ ލިސްޓު ކަމަށެވެ.

ދިވެހިރާއްޖޭގެ ޝަރުއީ ކޯޓަކުން އަމުރު ކުރައްވައިގެން ނޫންގޮތަކަށް ދެން ވޯޓުލާ މީހުންގެ ފައިނަލް ލިސްޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް ހަބީބު ވިދާޅުވެފައެވެ.

ޓެގްސް: އިންތިޚާބު ރިޔާސީ އިންތިޚާބު އިލެކްޝަންސް ކަމިޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.