ހުޅުމާލެ ފޭސް 2 ގައި ހަދާފައިވާ ފްލެޓްތައް

ހަބަރު

އިންތިޚާބަށް 18 ދުވަސް، ވިނަރެސް ފްލެޓްތަކުގެ ތަޅުދަނޑި މިއަދު ހަވާލުކުރަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 21 އޯގަސްޓު 2023 , ހޯމަ 12:02   352

ވިނަރެސް ޕްރޮގްރާމްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި ހަދާފައިވާ ފްލެޓްތައް ލިބިފައިވާއި ފަރާތްތަކަށް މިއަދު ތަޅުދަނޑި ޙަވާލުކުރާނެކަމަށް އެޗްޑީސީ އިން ބުނެފިއެވެ.

މިމަޝްރޫޢު އެންމެ ފުރަތަމަ އިޢްލާންކޮށްފައިވަނީ ރައީސް ޔާމީންގެ ދައުރުގައެވެ.

ޗައިނާގެ ކުންފުންޏަކާއި ޙަވާލުކޮށްގެން ހަދާފައިވާ މި ފްލެޓްތަކުގެ ތަޅުދަނޑި ޙަވާލުކުރަނީ މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.

މިފްލެޓްތައް ލިބޭ ފަރާތްތަކާއިއެކު މިހާރު އެގްރިމެންޓް ވެސް ހަދާފައިވާކަމަށް އެޗްޑީސީއިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 13 ބުރީގެ 10 ޓަވަރު އަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 1،344 އެޕާޓްމަންޓެވެ.

މީޑިއާ އަށް މައުލޫމާތު ދިނުމަށް އެޗްޑީސީން ކުރިން ބޭއްވި ބައްދަލުވުމެއްގައި އެޗްޑީސީއިން ބުނެފައިވަނީ ހިޔާ ފްލެޓު ދޫކޮށްލައި "ވިނަރެސް" އަށް ބަދަލުވުމަށް 200 އެއްހާ މީހުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެކަމަށް އެދި ފޯމު ހުށަހަޅާފައިވީ 75 މީހަކު ކަމަށެވެ.

ތިން ކޮޓަރީގެ "ވިނަރެސް"ގެ އެޕާޓްމަންޓެއް ބޮޑުމިނަކީ 902-883 އަކަފޫޓެވެ.

މި ފްލެޓްތަކުގެ އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. އެއީ އެއްފަހަރާ ފައިސާ ދައްކާނަމައެވެ. އިންސްޓޯލްމަންޓް އުސޫލުން ނަމަ 20 އަހަރުން ނުވަތަ 25 އަހަރުން ފައިސާ ދައްކާ ނަމަ އެޕާޓްމަންޓްގެ އަގު ގާތްގަނޑަކަށް ދެގުނަ ވެ އެވެ.

ޓެގްސް: ބޯހިޔާވަހިކަން އެޗްޑީސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.