ޑިމޮކްރެޓްސް ގެ ތަރުޖަމާނު އިމްތިޔާޒު ފަހުމީ، ރައިސް ސޯލިޙްގެ ތަރުޖަމާން މާރިއާ ދީދީ ވިދާޅުވީ ރައީސް ސޯލިޙް ކެމްޕޭނަށް ވަޤުތު ދެއްވަން ބޭނުންފުޅުވާތީ ބަހުސަށް ވަޤުތު ނުދެވިދާނެކަމަށް

ހަބަރު

ރިޔާސީ ބަހުސްގައި ރައީސް ސޯލިޙް ބައިވެރިނުވާން އުޒުރުދައްކަވާތީ ޑިމޮކްޓުން ކަންބޮޑުވުން ފާޅުކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 23 އޯގަސްޓު 2023 , ބުދަ 15:39   207

ރިޔާސީ ބަހުސްގައި ރައީސް ސޯލިޙް ބައިވާން އުޒުރުދައްކަވާތީ ޑިމޮކްޓުން ފަރާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޕާޓީގެ ފަރާތުން މިއަދު ނޫސްވެރިންނަށް މަޢްލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ތަރުޖަމާން އިމްތިޔާޒް ފަހުމީ ވިދާޅުވީ ރައީސް ސޯލިޙް ކެމްޕޭނަށް ވަޤުތު ދެއްވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ރިޔާސީ ބަހުސްގައި ބައިވެރި ނުވާން މަސައްކަތް ކުރައްވާކަމަށެވެ.

ރިޔާސީ ބަހުސް އަކީ އިންތިޚާބުގައި މުޙިއްމު މަރުޙަލާއެއްކަމަށް ވިދާޅުވަމުން އިމްތިޔާޒު ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދާރީވެ ވަޑައިގަތުމަކީ އަސާސިކަމެއްކަމަށާއި، އެގޮތަށް އެ ވިދާޅުވަނީ ބަހުސްގައި ބައިވެރިނުވާން ދައްކަވާ އުޒުރެއްގެ ގޮތުގައި ކަމަށެވެ.

އެއީ ވަރަށް އަސާސީ ކަމެއް ނަމަވެސް ސަރުކާރުގެ ކެންޑިޑޭޓު މިހާރުވެސް އެ ދައްކަވަނީ އުޒުރެއް

~ އިމްތިޔާޒު ފަހުމީ

ޤައުމީ ޔުނިވާސިޓީ އާއި ދައުލަތުގެ މީޑިއާ ގުޅިގެން 2018 ގައި ބޭއްވި ބަހުސްގައި ވެސް ރައީސް ސޯލިޙް ބައިވެރިވެ ވަޑައިގެންފައި ނުވެއެވެ. އޭރު ރައީސް ސޯލިޙް ވިދާޅުވީ މިނިވަންކަމާއިއެކު ބަހުސްކުރިއަށް ނުދާނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް ރައްޔިތުންގެ ފަރާތުން ސުވާލުކުރައްވަން ބޭނުންވާ ފަރާތްތަކަށް ވަގުތުން ސުވާލު ހުށަހެޅި ޖަވާބުއެރުވުމުގެ ފުރުޞަތު ދެވެއެވެ.

ޓެގްސް: އިންތި ދަ ޑިމޮކްރެޓްސް ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.