ރައީސް ސޯލިޙް

ހަބަރު

ރައީސް ސޯލިޙްގެ އެންގެވުމަށް، ރިޔާސީ ބަހުސް ނުބާއްވަން ނިންމައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 29 އޯގަސްޓު 2023 , އަންގާރަ 17:46   345

ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން އިންތިޒާމުކޮށްގެން ބާއްވަން މަސައްކަތްކުރި ރިޔާސީ ކެންޑިޑޭޓުންގެ ބަހުން މިފަހަރު ކުރިއަށް ނުގެންދިއުމަށް ނިންމައިފިއެވެ.

ޕީއެސްއެމް އިން މިގޮތަށް ނިންމާފައިވަނީ ނެރެފައިވާ ބަޔާނެއްގައެވެ.

ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް ސޯލިޙް ކުރިން ނިންމަވާފައި ވަނީ މި ބަހުސްގައި ބައިވެރިވެވަޑައި ނުގަތުމަށެވެ. ނަމަވެސް، ޢާއްމު ގިނަ ބައެއްގެ ފާޑު ކިޔުންތަކާއިއެކު، ނިންމުން ބަދަލުކުރައްވައި ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ނިންމެވިއެވެ.

އޭގެ ފަހުން، އެމްޑީޕީގެ ސްޕޯކްސްޕާސަން މާރިޔާ ދީދީ ވަނީ، އެމްޑީޕީ އިން އެ ބަހުސް ބާއްވާ ދުވަހު ޖަލްސާއެއް ބޭއްވުމަށް ނިންމަވާފައިކަމަށް ވިދާޅުވެފައެވެ. އެހެންވެ، އެމްޑީޕީ އަށް އެދުވަހު ބަހުސްގައި ބައިވެރިވާން އުޒުރުވެރިވާކަމަށް ވިދާޅުވެ ޕީއެސްއެމް އަށް ސިޓީ ފޮނުއްވާފައެވެ. އަދި ޕާޓީގެ މެމްބަރުންނަށް އަންގަވާފައި ވަނީ، ބަހުސް އާއި މެދު ނުވިސްވުމަށާއި، ޖަލްސާ ކޮންމެހެން ވެސް ބާއްވަވާނެކަމަށެވެ.

މާރިޔާގެ މެސެޖް ޢާއްމުކުރެއްވިތާ މާގިނައިރުތަކެއް ނުވެ ޕީއެސްއެމް އިން ވަނީ ބަހުސް ކެންސަލްކޮށް، ދެން ބަހުސާއިގެ ކުރިއަށް ނުގެންދަވާނެކަމަށް ނިންމައި ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ވާގޮތުން، ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރި ނުވެވޭތީ އާއި، އިތުރަށް ތާރީޚްތަކަށް ބަދަލުގެނެސްގެން ކެންޑިޑޭޓުންނަށް ވަޤުތު ނުވާނެތީ ބަހުސް ނުބޭއްވުމަށް ނިންމަވާފައިވާކަމަށެވެ.

މަޢްލޫމާތު ލިބޭ ގޮތުގައި، ރައީސް އޮފީހުންނާއި ރަޢީސް ސޯލިޙް އަމިއްލަފުޅަށް ޕީއެސްގެ މުވައްފުންނަށް ގުޅުއްވައި ބަހުސް ކުރިއަށް ގެންދަން ފެނިވަޑައި ނުގަންނަވާކަމަށް ވިދާޅުވެފައެވެ.

ޕީއެސްއެމްގެ ބަހުސް ކެންސަލްކޮށްފައިވާއިރު، ސަންގު ޓީވީ އިން ވެސް ވަނީ ބަހުސް ބާއްވާނެކަމަށް އިޢްލާންކުރައްވާފައެވެ. އެބަހުސްގައި ވެސް ރައީސް ސޯލިޙް ބައިވެރިވެވަޑައި ނުގަނެއެވެ.

ހަމަ އެހެންމެ 2018 ގެ ކުރިން ބޭއްވުނު ރިޔާސީ ބަހުސްތަކުގައި ވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގެންފައި ނުވެއެވެ.

މި ބަހުސް ބޭއްވުމަށް ޕީއެސްއެމް އިން ކަނޑައެޅި ތާރީހަކީ އަންނަ ހުކުރު ދުވަހުގެ ރޭ 21:00 އިން 23:00 އަށެވެ.

މީޑިއާ އާއި ދުރު ސަރުކާރެއް

އެމްޑީޕީ އިން ވެރިކަމަށް އައީ މަހަކު އެއްފަހަރު ނޫސްވެރިންގެ ބައްދަލުވުން ބާއްވައި ހަފްތާ އަކު އެއްފަހަރު ރޭޑިއޯ ޕްރޮގްރާމް މެދުވެރިކޮށް ރައްޔިތުންނާއި ބައްދަލުކުރައްވާނެކަމުގެ ފޮނި އުއްމީދާއިއެކު އެވެ.

ރައީސް ސޯލިޙް މިއަހަރު ފެށުނު ފަހުން އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ނުވެއެވެ.

އަދި ސަރުކާރުން، ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ރާއްޖޭގެ ބޮޑެތި ހުރިހާ މީޑިއާތަކަށް ސްޕޮންސަރ ދީ ސަރުކާރާއި އިދިކޮޅު ވާހަކަދެއްކުން ހުއްޓުވާފައިވާތީ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓެގްސް: ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.