ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

ހަބަރު

ރައީސް ނަޝީދު އާއި އީވާގެ މައްސަލަ އަނބުރާ ގެންގޮސްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 11 ސެޕްޓެންބަރ 2023 , ހޯމަ 10:55   220

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އެމްޑީޕީން ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފިއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ 54 މެންބަރުންގެ ސޮޔާއެކުއެވެ. އަދި ނައިބް ރައީސް އީވާ ޢަބްދުއްﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ 50 މެންބަރުންގެ ސޮޔާއެކުއެވެ.

މި ދެމައްސަލައިގައި ވެސް ގިނަ މެމްބަރުން އަނބުރާ ނަން ގެންދަވާފައިވާތީ، މިމައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ރިޔާސަތުން ވަނީ ނިންމާފައެވެ.

މިއަދު ޖަލްސާގައި ރިޔާސަތުގައި އިންނެވީ ހަސަން އަފީފުއެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.