ރިޔާސީ ބަހުސްގައި ދެބޭފުން ސަލާން ކުރައްވަނީ، ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު

ހަބަރު

ދެވަނަ ބުރުގައިވެސް ކުރީގެ ނަމްބަރުތައް، ރައީސް ޞާލިޙަށް 3، މުޢިއްޒަށް 4

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 11 ސެޕްޓެންބަރ 2023 , ހޯމަ 11:11   427

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވެސް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރަކީ ހަމަ ކުރީގެވެސް ކެންޑިޑޭޓުންނަށް ލިބިފައިވާ ނަންބަރުކަމަށް އިލެކްޝަންސް ކޮމިޝަނުންގެ ބުނެފިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމި ނަތީޖާތައް ޢާއްމުކޮށްފައިވާއިރު، އެންމެ ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެންޑިޑޭޓު މުޙައްމަދު މުޢިއްޒު އެވެ. މުޢިއްޒުގެ ކެންޑިޑޭޓް ނަމްބަރަކީ 4 އެވެ. ދެވަނައި އޮތީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙްއެވެ. ސޯލިޙަށް ލިބިލައްވާފައިވާ ކެންޑިޑޭޓް ނަމްބަރަކީ 3 އެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

ފުރަތަމަ ބުރުގައި ވޯޓުލީތަން ނޫން އެހެންތަނެއްގައި، ދެވަނަ ބުރުގައި ވޯޓުލާން ބޭނުންވާ މީހުންނަށް، އެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ވަރަށް އަވަހަށް ހުޅުވާލައި، އެކަން ޢާންމުކޮށް އިއުލާން ކުރާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ތައްޔާރީތައް ވަމުންދާއިރު، ސަރުކާރުން އަންނަނީ އެހެން ޕާޓީތަކާއިއެކު ޑީލް ހެއްދެވުމަށް މަސައްކަތްކުރައްވަމުންނެވެ. ނަމަވެސް މުޢިއްޒު ވިދާޅުވެފައިވަނީ އެހެން ޕާޓީތަކާއި ޑީލް ހެއްދެވުމުގެ ޝަޢުޤުވެރިކަމެއް ނެތް ކަމަށެވެ.

ފުރަތަމަ ބުރުގައި ދެބޭފުޅުންގެ ވޯޓުގެ ފަރަގު ހުރީ 16،000 ގައެވެ.

ޓެގްސް: އިންތިޚާބު ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.