2019 އަހަރު އއ. އުކުޅަހުގައި، އުގެއިލް އަށް ސަރުކާރުން ރަށެއް ދީފައިވާކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން ދަނީ ކުރަމުން

ހަބަރު

ޕްރޮފެސަރ އުގެއިލް، ސަރުކާރަށް ކުރި ކުއްލި ތާޢީދާއިއެކު އެތައް ތުހުމަތެއް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 12 ސެޕްޓެންބަރ 2023 , އަންގާރަ 10:44   2659

ހިސާބު ޢިލްމުގައި ނަގައި ކިޔޭ، އައްޑޫ ސިޓީ އަށް އުފަން، އިނގިރޭސިވިލާތުގެ ބްރެޑްފަޑް ޔުނިވާސިޓީގެ ހިސާބު ޢިލްމާއި ގުޅޭ ފެކަލްޓީގެ ޕްރޮފެސަރ ހަސަން އުގެއިލް ސަރުކާރަށް ކުރެއްވި ކުއްލި ތާޢީދާއިއެކު އެތަށް ބައެއްގެ ތުހުމަތުގެ އިނގިލި ދަނީ ދިއްކުރަމުންނެވެ.

ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ގައުމުގެ ހިންގުން ބޮއްސުންލައި، ބައިނަލްޢަޤުވާމީ އިދާރާތަކުން ރާއްޖެ ދަރަނިވެރިވެ ބަނގުރޫޓުވާނެކަމަށާއި، ނަގާ ލޯނުތައް ފައިދާއެއް ނެތްގޮތުގައި ޚަރަދުކުރަމުންދާކަމުގެ އިންޒާރު ދެމުންދާއިރު، އަދި ބޭރު ޤައުމެއްގެ އަޅުވެތިކަމަށް ޤައުމު މިސްރާބު ޖަހާފައިވާއިރު، އުގެއިލް ފަދަ ބޭފުޅަކު، ފަހު ވަޤުތު ސަރުކާރުކޮޅަށް އަރައި ދިފާޢުގައި ކުރިން ހީނުކުރާފަދަ ވާހަކަތައް ދައްކަވަމުން ގެންދިއުމަކީ ގިނަ ބަޔަކަށް ބަލައިގަނެވޭމަކަމަަކަށް ނުވިއެވެ.

އެމްޑީޕީގެ ސަރުކާރު އުފެދިގެން އައިއިރު ސަރުކާރުގެ ތެރެއިން ކޮންމެވެސް ވަރަކަށް އުގެއިލް ފެނިފައިވީ ނަމަވެސް، ފަހުން އުފެދުނު ޚިޔާލުތަފާތުވުން ތަކާއިއެކު އެއްކައިރިއަށް ޖެހި އަމިއްލަ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރައްވާފައިވެއެވެ.

އަދި ސަރުކާރުން ކަން ކުރާ ގޮތާއި ދޭތެރޭ ހިތްހަމަ ނުޖެހި ކްލަބް ހައުސް އާއި އެހެން އެތައް ފޯރަމެއްގައި ވާހަކަ ދައްކަވާފައިވެއެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަށް ބަލާއިރު އެތައް ބަޔަކު ބުނަމުންދަނީ އުގެއިލް ވަނީ މާލީ ބޮޑު މަންފާއެއް ސަރުކާރުގެ ފަރާތުން ހޯއްދަވާފައެވެ. އަނެއް ބަޔަކު ބުނާގޮތުގައި ސަރުކާރުން އަންނަނީ އުގެއިލް އަށް ފަޅު ރެށެއް ވެސް ދޫކުރުމުގެ މަސައްކަތްކުރަމުން ކަމަށާއި، ސަރުކާރުގެ އެޑްވައިޒަރެއްގެ މަޤާމުދީ ބޮޑު މުސާރައެއް ދިނުމަށް ހުށަހަޅާފައިވާކަމަށެވެ.

މަޢްލޫމާތު ލިބިފައިވާގޮތުގައި އުގެއިލް އައީ ރައީސް ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަށް ވެވަޑައިގަތުމުގެ ހުށަހެޅުންވެސް މުރާޖަޢާކުރައްވަމުންނެވެ. ނަމަވެސް، ޑިމޮކްރެޓްސްތެރޭގައި އިސް ސަފުގައި މަސައްކަތްކުރައްވަމުން ގެންދެވާ އުގެއިލްގެ ކުރީގެ އަނބިކަނބަލުން ނާއި ޚިޔާލުތަފާތުވުންތަކެއް އުފެދި އެއްފަރާތަކަށް ޖެހުނެވެ.

ޓެގްސް: ހަސަން އުގެއިލް ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.