ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލަމުންދާ މަންޒަރު

ހަބަރު

ދަ ޑިމޮކްރެޓްސް އިން ގޮތެއް ނިންމުމަށް މިއަދު ހަވީރު ކައުންސިލް ބައްދަލުވުމެއް ބާވަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 12 ސެޕްޓެންބަރ 2023 , އަންގާރަ 12:19   470

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި، ދެވަނަ ބުރާއި މެދު ގޮތެއް ނިންމުމަށް ދަ ޑިމޮކްރެޓްސް ޕާޓީން މިއަދު ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

ފުރަތަމަ ބުރުގައި، ޑިމޮކްރެޓުން ގޮސްފައިވަނީ 3 ވަނަ އަށެވެ.

ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލާއިރު އެންމެ ކުރީގައި އުޅުއްވަނީ 46 އިންސައްތަ އާއިއެކު، ޕީއެންސީގެ ކެންޑިޑޭޓް މުޙައްމަދު މުޢިއްޒުއެވެ. ދެވަނައިގައި އުޅުއްވަނީ 39 އިންސަތަ އާއިއެކު އެމްޑީޕީއެވެ.

އެއްބުރުން އިންތިޚާބު ކާމިޔާބުކުރައްވާނެކަމަށް އެމްޑީޕީއިން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް ނަތީޖާ ނިކުމެފައިވަނީ ހީކުރި ގޮތާއި ޚިލާފަށެވެ. މިދަނޑިވަޅުގައި ޑިމޮކްރެޓުންގެ ތާޢީދާއި ނުލައި ކުރިއަށް ދެވޭނެ ހުރިހާ މަގެއް ބަންދުވެފައިވެވެ.

ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގައި އޮތް ރައީސް ނަޝީދު އާއި ނައިބު ރައީސް އީވާގެ އިތުބާރުގެ މައްސަލަ ވެސް އަނބުރާ ގެންދަވާފައެވެ.

ހަމަ އެހެންމެ ޑިމޮކްރެޓުންގެ ޓީމުން އަންނަނީ ޕީއެންސީ އާއިއެކު މަޝްވަރާތައް ކުރަމުންނެވެ. ލަފާ ކުރެވޭގޮތުގައި، ޑިމޮކުރެޓުން ގެ ތާޢީދު އޮންނާނީ ޕީއެންސި އާއިއެކު އެވެ.

އަދި މިއަދު ޖަލްސާގައި މެމްބަރު ޢަބްދުއްﷲ ޖާބިރު އަލުން އެމްޑީޕީއާއި ގުޅުމަށް އެދިވަޑައިގަތުމުން ރައީސް ނަޝީދު ވިދާޅުވީ ދެން އެކަން އެގޮތަށް ނުކުރެވޭނެކަމަށެވެ.

ޕީއެންސީ ކޮޅަށް ޑިމޮކްރެޓުން އަރައިފިނަމަ އެމްޑީޕީ އަށް އޮތް ހުރިހާ ފުރުޞަތެއް ބަންދުވީއެވެ.

މިކަމާއި ގުޅިގެން ޑިމޮކްރެޓުންގެ އިންޓެރިމް ކޮމިޓީއިން މިއަދު ހަވީރު ބައްދަލުވުމެއް ބާއްވައި ގޮތެއް ނިންމާނެކަމުގެ މަޢްލޫމާތު ލިބެއެވެ.

މިބައްދަލުވުން އޮންނާނީ މިއަދު ހަވީރު 3 ޖަހާއިރު އެޕާޓީގެ ޖަގަހައިގައެވެ.

މިއަދުގެ ޖަލްސާގެ ތެރެއިން

ޓެގްސް: ދަ ޑިމޮކްރެޓްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.