ވޯޓުލާ މަރުކަޒެއްގައި އޮފިޝަލުން އަދި މޮނިޓަރުން ޙަރަކާތްތެރިވަނީ

ހަބަރު

އަލަށް އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމަށް ބުރާސްފަތި ދުވަހުން އާދީއްތަ ދުވަހާއި ހަމައަށް ހުޅުވާލައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 14 ސެޕްޓެންބަރ 2023 , ބުރާސްފަތި 12:27   385

ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގެ ވޯޓުނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށާއި، މޮނިޓަރކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން، އިލެކްޝަންސް ކޮމިޝަންސް އިން ވިދާލުވެފައިވަނީ، ދެވަނަ ބުރުގެ ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށާއި، މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި، ކެންޑިޑޭޓުންގެ ފަރާތުން ފޯމު ހުށަހެޅުމަށް މިމަހުގެ 14 ވާ ބުރާސްފަތި ދުވަހުން ފެށިގެން، 17 ވާ އާދިއްތަ ދުވަހުގެ 15:00 އާ ހަމަޔަށް، އިލެކްޝަންސް ކޮމިޝަނުން ފުރުޞަތު ހުޅުވާލާނެކަމަށެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ފާސް ހެއްދި ފަރާތްތަކުން ދެވަނަ ބުރުގައިވެސް ހަރަކާތްތެރިވާނަމަ އިތުރަށް ފާސް ހައްދަންނުޖޭހެނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.

ޓެގްސް: އިންތިޚާބު އިލެކްޝަންސް ކަމިޝަން ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.