ސިއްޙީ ދާއިރާގެ މުވައްޒަފުންތަކެއް ރާއްޖޭގެ ހޮސްޕިޓަލެއްގައި ޙަރަކާތްތެރިވާ މަންޒަރު

ހަބަރު

އިންތިޚާބުގެ ދެވަނަ ބުރާއި ދިމާކޮށް ސަރުކާރުން އަނެއްކާވެސް މުސާރަތަކަށް ބަދަލު ގެންނަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 14 ސެޕްޓެންބަރ 2023 , ބުރާސްފަތި 22:52   384

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ދިމާކޮށް މުއައްސަސާތަކުގެ މުސާރައަށް ސަރުކާރުން އަނެއްކާވެސް ބަދަލު ގެނެސްފިއެވެ.

މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވެފައިވަނީ، ތަޢުލީމީ ދާއިރާ އާއި ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށްރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ނުލިބޭގޮތަށް އޮތްއޮތުން ބަދަލުކޮށްފައިވާކަމަށެވެ.

މީގެ އިތުރުން ހެލްތް އެންޑް ސޯޝަލް ހެލްތް ސެކްޓާ މުވައްޒަފުންގެ ތެރެއިން ޑިއުޓީ އުސޫލުން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް ވެސް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ރައީސް ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން ވިދާޅުވެފައިވެއެވެ.

ސަރުކާރުން އަންނަނީ މިހާރު ވެސް މުސާރަ ދިނުމަށްޓަކައި ގިނަ ޢަދަދަކަށް ބޮންޑް ވިއްކައި ފައިސާ ޗާޕުކުރަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ މިއީ ސަރުކާރުން ފާޅުކަން ބޮޑު ގޮތަކަށް އިންސާފުވެރި އިންތިޚާބަކަށް ހުރަސް އެޅުމުގެ ގޮތުން ކުރައްވާކަމެއް ކަމަށެވެ. ދުރުރާސްތާ ޕްލޭނެއް ނެތި، ވޯޓު ގަތުމަށް ސަރުކާރުން ހިންގާ ވަގުތީ ކަންތައް ގަނޑެއްގެގޮތުގައި އެފަރާތްތަކުން ސިފަކުރެއެވެ.

ޓެގްސް: ސިއްޙަތު ސަރުކާރުގެ ޚަރަދުތައް މުސާރައިގެ އޮނިގަނޑު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.