ޑިމޮކްރެޓުންގެ ކެންޑިޑޭޭޓު އިލްޔާސް ލަބީބް އަދި ރަނިންގ މޭޓު ހުސެން އަމްރު

ހަބަރު

ޑިމޮކްރެޓުންގެ ޑިމާންޑަކީ ނިޒާމާއި ގުޅޭ ޚިޔާލުހޯދުމުގެ ވޯޓެއް ނަގައި މެމްބަރުން ތަމްޞީލްކުރާގޮތް ބަދަލުކުރުން

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 15 ސެޕްޓެންބަރ 2023 , ހުކުރު 11:06   529

ދެވަނަ ބުރުގެ ކުރީގައި ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާކަމަށް ޑިމޮކްރެޓުންގެ ކެންޑިޑޭޓްކަންކުރެއްވި އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އިސްކޮށް ޙަރަކާތްތެރިވާ ދަ ޑިމޮކްރެޓްސް އިން ބޭނުންވަނީ ދިވެހިރާއްޖޭގައި އޮތް ރިޔާސީ ނިޒާމުގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމެވެ.

ޑިމޮކްރެޓުންގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ވެސް ހުށަހަޅުއްވާފައެވެ. އެޤަރާރުގައި ވާ މުހިއްމު ނުކުތާތަކުގެ ތެރޭގައި 2008 ގައި ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު، ވޭތުވެ ދިޔަ 15 އަހަރުގައި ވެސް ރައްޔިތުން ވޯޓު ދީފައި ވަނީ ވެރިން ކަމުނުގޮސްގެން ކަމަށާއި 50 އިންސައްތަ ވޯޓު އެއްވެސް ކެންޑިޑޭޓަކަށް ލިބިވަޑައިގެންފައި ނުވާކަމަށެވެ.

ހަމަ މިއާއިއެކު ޑިމޮކްރެޓުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކުލަވާލެވޭ ގޮތަށް ގެންނަން ބޭނުންވާ ބަދަލުތައް ވެސް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި މެމްބަރުންގެ ޢަދަދު ލިމިޓް ކުރުމާއި، އަންހެނުންނާއި ޚާއްޞަ ސަމާލުކަން ޖެހޭ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ.

މިވަޤުތު ޑިމޮކްރެޓުން އަންނަނީ އެމްޑީޕީ ގެ އިތުރުން ޕީޕީއެން/ ޕީއެންސީ އާއިއެކު ވެސް ކޯލިޝަން ހެއްދެވުމުގެ މަޝްވަރާތައް ކުރައްވަމުންނެވެ.

ޑިމޮކްރެޓުން ދެކޭގޮތުގައި ޑިމޮކްރެޓުން ނުނިކުތްނަމަ ޕީޕީއެމް އަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދާނެއެވެ. ހަމައެހެންމެ އެމްޑީޕީ އާއިއެކު ޑިމޮކްރެޓުން ކޯލިޝަނެއް ހަދައިފިނަމަ ދެވަނަ ބުރުގައި އިންތިޚާބު ފަސޭހަކަމާއިއެކު ކާމިޔާބުކުރެވޭނެކަމަށް އެމްޑީޕީ އިން ވެސް ދަނީ ބުނަމުންނެވެ.

އެމްޑީޕީ އިން ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ރައީސް ނަޝީދު އާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އަނބުރާ ގެންދަވާފައެވެ. މަޢްލޫމާތު ލިބޭގޮތުގައި އެމްޑީޕީ އިން މައްސަލަ އަނބުރާ ގެންދެވީ ޑިމޮކްރެޓުންގެ ބަހެއް ހޯދުމެއް ނެތިއެވެ.

ޓެގްސް: ދަ ޑިމޮކްރެޓްސް އިލްޔާސް ލަބީބް ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.