ރައީސް ސޯލިހް ޤާސިމް އިބްރާހިމް އާއިއެކު ޖަލްސާއެއްގައި އިށީނދެވަޑައިގެން

ހަބަރު

ދެވަނަ ބުރާއިމެދު ޤާސިމް މިއަދު ގޮތެއް ނިންމަވަނީ

ޙުޞައިން އިރުޝާދު - އައްޑޫ އަތޮޅު | 16 ސެޕްޓެންބަރ 2023 , ހޮނިހިރު 12:46   461

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިސް ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް، އިންތިހާބުގެ ދެވަނަ ބުރާ މެދު އަމަލު ކުރާނެ ގޮތެއް މިއަދު އެޕާޓީ އިން ނިންމާނެ ހާމަކޮށްފިއެވެ.

ޖޭޕީ އިން ބުނެފައިވަނީ މިކަމާއި މެދު ގޮތެއް ނިންމުމަށްޓަކައި މިއަދު މެންދުރު 1:00 ޖަހާއިރު، އެ ޕާޓީގެ އޮފީހުގައި ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވާނެކަމަށެވެ.

ގިނަ ބަޔަކު ލަފާކުރި ގޮތާއި ޚިލާފަށް، ގާސިމަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ 5،460 ވޯޓެވެ.

ސަރުކާރުން އުއްމީދު ކުރީ އެއްބުރުން އިންތިޚާބު ކާމިޔާބުވާނެކަމަށެވެ. ނަަމަވެސް، އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ކުރީގައި ހުންނެވީ އިދިކޮޅު ޕީއެންސީ ގެ ކެންޑިޑޭޓް މުއިއްޒުއެވެ. އަދި ދެވަނައިގައި ހުންނެވީ އެމްޑީޕީގެ ކެންޑިޑޭޓް ސޯލިޙްއެވެ.

ރައީސް ސޯލިޙް ގެންދަވަނީ ޤާސިމް އެމްޑީ ކޮޅަށް ގެންނެވުމަށް ގިނަ ވަގުތުތަކެއް ހޭދަ ކުރައްވަމުންނެވެ.

އިންތިޚާބުގައި ތިންވަނަ ހޯއްދެވި ޑިމޮކްރެޓުން ވެސް އަދި މިހާތަނަށް ވަކި ގޮތެއް ނިންމާފައި ނުވެއެވެ.

ޓެގްސް: ޖުމްހޫރީ ޕާޓީ (ޖޭޕީ) ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.