ރައީސް ސޯލިޙް އާއި ޤާސިމް ކަމެއްގައި މަޝްވަރާކުރައްވާ މަންޒަރު

ހަބަރު

ބަރުލަމާނީ ގެނެސްގެން ވާނީ ގޯސް، އެއްވެސް ކޮޅަކަށް ނާރާނަން : ޤާސިމް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 16 ސެޕްޓެންބަރ 2023 , ހޮނިހިރު 19:55   433

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާއި ގުޅިގެން ކުރިއަށްދާ މަޝްވަރާތަކާއިއެކު، ބަރުލަމާނީ ނިޒާމަކަށް ތާޢީދު ނުކުރައްވާނެކަމަށާއި އިންތިޚާބުގެ ދެވަނު ބުރުގައި އެއްވެސް ކޮޅަކަށް ތާޢީދު ނުކުރައްވާނެކަމަށް ޤާސިމް އިބްރާހިމް ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ އިސް ލީޑަރު ޤާސިމް މިގޮތަށް ނިންމެވީ ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމަށް ފަހު އެކައުންސިލުން ޤާސިމް އަށް ދެއްވި ލަފާ އާއި އިޚްތިޔާރުގެ ދަށުން، މިއަދު މެންދުރު ފަހު އެވެ.

އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫން އެއީ. ބަރުލަމާނީ އެއް ދިވެހި ރާއްޖެއަށް ގެނެސްފިއްޔާ އަދި މިހާރަށްވުރެ މާ ނުބައިވާނެ. ރައްޔިތުންނަށް މާ ނިކަމެތިވާނެ.

~ ޤާސިމް އިބްރާހިމް

ޤާސިމް އިތުރަށް ވިދާޅުވީ ރައީސް ސޯލިޙް އާއިއެކު ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ޙާޞިލްކުރަން ބޭނުންވި ނަތީޖާ ޙާޞިލް ނުކުރެވުނު ކަމަށެވެ.

ޤާސިމް އެދި އެއްކަމެއްގެ ގޮތުގައި އެދި ވަޑައިގެންފައިވަނީ އިންޑީިއާ ސިފައިން ރާއްޖޭގައި ތިބުމުގެ އެއްބަސްވުންތައް ޢާއްމުކުރުމާއި ގުޅޭގޮތުންނެވެ.

ޓެގްސް: ދަ ޑިމޮކްރެޓްސް ޖުމްހޫރީ ޕާޓީ (ޖޭޕީ) ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.