ޕީއެންސީގެ ރިޔާސީ ކެންޑީޑޭޓް މުޙައްމަދު މުޢިއްޒު އިލެކްޝަންސް ކަމިޝަންގެ ރައީސް އާއިއެކު

ހަބަރު

ދެ ދުވަސްތެރޭ 25،000 މީހުން ރީ-ރަޖިސްޓްރީ ކުރުމަކީ ސުވާލު އުފެދޭ ކަމެއް - މުއިއްޒު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 17 ސެޕްޓެންބަރ 2023 , އާދީއްތަ 11:36   396

ދެ ދުވަސްތެރޭ 25،000 މީހުން ރީ-ރަޖިސްޓްރީ ކުރުމަކީ ސުވާލު އުފެދޭ ކަމެއްކަމަށާއި ތަޙުޤީގުކޮށް ބެލެންޖެހޭ ކަމެއްކަމަށް ޕީއެންސީގެ ރިޔާސީ ކެންޑީޑޭޓް މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިންތިހާބަށް ރީ-ރަޖިސްޓަރ ކުރުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 25،493 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާއިރު، އޭގެ ތެރެއިން 10،271 ފަރާތެއް ރީ-ރަޖިސްޓަރ ކޮށްދީފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން މުޢިއްޒު ވިދާޅުވީ ދެ ދުވަހެއްގެ ތެރޭގައި މިފަދަ ގިނަ ބަޔަކު ފޯމް ހުށަހަޅުއްވާފާނެކަމަށް ޤަބޫލުނުކުރެއްވޭ ކަަމަށެވެ. އަދި މިކަމުގައި ސުވާލު އުފެދޭތީ އޮބްޒާވަރުންނާއި މޮނިޓަރުންގެ ސަމާލުކަމަށް ގެންނަވާކަމަށެވެ.

ޕީއެންސީ އިން ރައީސް އޮފީސް މެދުވެރިކޮށް ރީ-ރެޖިސްޓްރޭޝަން ފޯމުތަށް ހުށަހަޅަމުންދާ ކަމުގެ ޝަކުވާ ވެސް އުފުލާފައިވެއެވެ.

ޑިމޮކްރެޓުންގެ ފަރާތުން ވެސް އަންނަނީ މިކަންބޮޑުވުންތައް ހުށަހަޅަމުންނެވެ.

ޓެގްސް: ޕީއެންސީ އިލެކްޝަންސް ކަމިޝަން ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.