އައްޑޫ ސިޓީ ފޭދޫގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ޕޯސްޓަރުތަކަށް ގެއްލުން ދެމުންދާކަމަށް އެފަރާތުން ބުނެފިއެވެ.
އައްޑޫސިޓީގައި ޙަރަކާތްތެރިވަމުންދާ އެޕާޓީގެ އިސް ފަރާތްތަކުން ވިދާޅުވެފައިވަނީ ޕޯސްޓަރުތަކަށް ގެއްލުން ދޭން ފަށާފައިވަނީ ރޭގެ ވަޤުތެއްގައި ކަމަށެވެ.
އެންމެ ޕޯސްޓަރަކަށް ނޫން ގެއްލުން ދީފައި ހުރީކީ. މިހާރު މިއޮތީ ވެސް ދެވަނަ ބުރުގައި. މިއީ ވަރަށް ހިތާމަ ކުރާކަމެއް. އިންސާފުވެރި އިންތިޚާބަކަށް އެޅިގެންދާ ހުރަހެއް މިއީ.
~ ޕީޕީއެމް/ ޕީއެންސީ
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، އައްޑޫގައި ދަ ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ޖާހާފައިވީ ޕޯސްޓަރުތަކަށް ގެއްލުން ދިންކަމުގެ ޝަކުވާ އެޕާޓީ އިން ވެސް އުފުލާފައިވެއެވެ.

މިކަމާއި ގުޅޭގޮތުން އެހެން އިތުރު ޕާޓީއެއްގެ ބަހެއް ލިބިފައި ނުވެއެއެވެ.