މަޖިލީހުގެ މިއަދު ޖަލްސާގެ އެޖެންޑާގައި އޮތީ ކަނޑު ވިއްކާލި މައްސަލަ، ޙާޒިރުވީ 22 މެމްބަރުން

ހަބަރު

ރައްޔިތުންގެ މަޖިލީސް، ގިނަ މެމްބަރުން ޖަލްސާތަކަށް ވަޑައިނުގެން ޗުއްޓީ އާއި ކެމްޕޭންކުރުމުގައި އަވަދިނެތި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 18 ސެޕްޓެންބަރ 2023 , ހޯމަ 11:57   367

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް މެމްބަރުން ވަޑައިނުގަންނަވާ މައްސަލަ ބޮޑުވެއްޖެއެވެ.

މުޅި ރާއްޖެއިން 87 މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ހޮއްވަވާފައިވާއިރު، މި މެމްބަރުން ތިއްބަނީ މިނިސްޓަރެއްގެ މުސާރަ އާއި ވެސް ނުބައްދަލު މުސާރައިގައި އެހާ ގިނަ ފައިދާއާއި އިމްތިޔާޒުތައް ލިބޭ ގޮތަށް ކަމަށްވެފައި، ގިނަ މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަންނަވާތީ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ނުރުހުން ޕާޓީތަކަށާއި މެމްބަރުންނަށް އަމާޒުވެއްޖެއެވެ.

ފާއިތުވެދިޔަ ހަ މަސް ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި އެއްވެސް މުހިއްމު ބަހުސެއްކުރެވި މުހިއްމު ރައްޔިތުންނާއި ގުޅޭ ބިލްތަކެއް ފާސްކުރެވިފައި ނުވެއެވެ. ހަމައެހެންމެ، ރައްޔިތުންނާއި ގުޅުންހުރި ހައްސާސް މައްސަލަތަކަށް ވެސް ސަމާލުކަން ދެވި ބަހުސްކުރެވިފައި ނުވެއެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަ ދައްކަމުން ރައްޔިތުންގެ ތެރެއިން މީހަކު ބުނެފައިވަނީ، ރާއްޖޭގެ ކަނޑު ވިއްކާލުމާއި، ދަރަނި އިންތިހާ އަށް ބޮޑުވެފައި ވުމާއި، ރާއްޖޭގެ މިނިވަންކަމައީ އިސްތިޤްލާލާއި ގުޅޭ މައްސަލަތަށް ރައްޔިތުންގެ މަޖިލީހުގައި ވަކާލާތުކުރެވި ނުބެލޭނަމަ މަޖިލީހަށް މެމްބަރުން ހޮވާފައި ތިބުމުގެ ބޭނުމެއް ނުވިސްނޭކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އާއި އޭގެ ކުރިން ބޭއްވުނު ޖަލްސާ ވެސް ވަނީ ކޯރަމް ހަމަ ނުވުމުގެ ސަބަބުން ކެންސަލްކޮށްފައެވެ.

ކޯރަމް ހަމަ ނުވެގެން ޖަލްސާ ކެންސަލް ކުރާއިރު ބައެއް މަމްބަރުން މަޖިލީހުގެ ކުޑަ ދަށުގައި އެކަކު އަނެކަކަށް ސައްލާ ކުރުމުގައި ތިއްބަވާކަމުގެ ރިޕޯޓްތައް ވެސް ލިބިފައިވެއެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ދަނީ ނަހަމަ ގޮތުގައި ފައިސާ ހޯދައިގެން ޝަރަފުވެރިކޮށް ޗުއްޓީ ހޭދަކުރުމަށެވެ. އަދި ޤައުމުގެ އިދާރީ ކަންކަން ރަނގަޅުކުރުމަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ވެސް ސަމާލުކަން ނުދެއްވާކަމަށެވެ.

ސިޔާސީ ޕާޓީތަކުން މަޖިލީހުގެ މެމްބަރުންގެ ޙާޒިރީއަށް ސަމާލުކަން ދެއްވާނަމަ މިހެން މިކަން ދިމާނުވާނެކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކެއެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.