ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި

ހަބަރު

މަޖިލިސް، ނިޒާމީ ބަހުސް މާދަމާ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 18 ސެޕްޓެންބަރ 2023 , ހޯމަ 15:08   372

ރާއްޖޭގައި ކުރަމުންދާ ރިިޔާސީ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުމާއި ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ދަ ޑިމޮކްރެޓްސް ޕާޓީން ހުށަހެޅި ގަރާރު އަވަސްކުރެއްވުމަށް އެމްޑީޕީން އެއްބަސްވެފައިވާކަމަށާއި، ޑިމޮކްރެޓުން އެދިފައިވާ ގޮތަށް ގަރާރުގެ މަސައްކަތައް އަވަސްކުރުމުގެ ގޮތުން، މާދާމާގެ މަޖިލީހުގެ ޖަލްސާއަށް މިގަރާރާއި ގުޅޭ ބަހުސް އެޖެންޑާކުރައްވާފައި ވާކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވީ މިއަދު ބޭއްވި މަޖްލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވެރިކަން ހިންގާ ނިޒާމާބެހޭ ގަރާރުގެ މައްސަލަ އަވަސް ކުރަން ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން އެދިވަޑައިގެންނެވީ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް އެވެ.

މިކަމާއި ގުޅިގެން ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމާ މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ. އެމްޑީޕީގެ ރުހުން ލިބިފައިވާތީ، އެ މަސައްކަތް ވީހާވެސް އަވަހަށް ކުރިއަށް ގެންދެވޭނެ ކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ގަރާރަކީ މިއަހަރުގެ ނޮވެމްބަރ މަސް ނިމުމުގެ ކުރިން ނިޒާމާއި ގުޅޭ ވޯޓް ނެގުމަށް، ދަ ޑިމޮކްރެޓްސްގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރެކެވެ.

މިއަދުގެ ޖަލްސާގައި އިދިކޮޅު ލީޑަރޝިޕްގެ މެންބަރުން ހުށަހަޅާފައިވާ މައްސަލަތައް އެކަނި ހިމަނުއްވާފައިވާތީ މެންބަރުން ޖަލްސާ ބޯއިކޮޓް ކުރުމުގެ ސަބަބުން ޖަލްސާ ކުރިއަށް ނުގެންދެވުނެވެ.

މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައިވަނީ ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި މައްސަލަ އާއި ގުޅޭގޮތުން ބަޙުސްކުރުމެވެ.

ޓެގްސް: ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލިސް ބަރުލަމާނީ ނިޒާމު ދަ ޑިމޮކްރެޓްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.