ރައީސް ސޯލިޙް މިއަދު ހަވީރު ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަނީ

ހަބަރު

ވޯޓުގެ ކުރިން ނިޒާމީ ވޯޓު ނުބޭއްވޭނެކަމަށް ރައީސް ސޯލިޙް ވިދާޅުވެއްޖެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 18 ސެޕްޓެންބަރ 2023 , ހޯމަ 21:01   454

ރައީސް މުޙައްމަދު ނަޝީދުގެ ހުށަހެޅުއްވުމާއި ޚިލާފަށް، މިމަހުގެ 25 ގެ ކުރިން ނިޒާމީ ވޯޓު ނުބޭއްވޭނެކަމަށް ރައީސް ސޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިޙް މިހެން ވިދާޅުވެފައިވަނީ މިއަދު ހަވީރު މާލޭގައި ދޮރުން ދޮރަށް ހިންގަވަން ނުކުމެވަޑައިގެން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އެމަނިުފާނު ވިދާޅުވީ ނިޒާމީ ވޯޓެއްގެ ވާހަކަ ރައީސް ނަޝީދު ހުށަހެޅުއްވި ކަމަށާއި، ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު [ސެޕްޓެމްބަރ 30] ގެ ކުރިން ނިޒާމީ ވޯޓަކަށް ދިއުމަކީ "އެހާ ޕްރެކްޓިކަލް" ކަމެއް ނޫންކަމަށެވެ.

އަޅުގަނޑު ދެންނެވިން އެއީ އެހާ ޕްރެކްޓިކަލް ކަމަކަށް ނުވާނޭ، ހިނގާށޭ ވޯޓަށް ފަހުގައި އެއާ ދޭތެރޭގައި ޑޭޓެއް ކަނޑައަޅަން. ރިޔާސީ އިންތިހާބު ނިމުމާ އެކީގައި އެކަން ކުރެވޭނެ.

~ ރައީސް ސޯލިޙް

އެމަނިކުފާނު ވިދާޅުވީ ޑިމޮކްރެޓުންގެ ފަރާތުން އެމަނިކުފާނުގެ ހުށަހެޅުއްވަމަށް އަދި ގޮތެއް ނިންމާފައި ނުވާކަމަށެވެ.

މިކަމާއި މެދު ގޮތެއް ނިންމުމަށް ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ ބައްދަލުވުމެއް ހޯމަ ދުވަހުގެ ރޭ އޮންނާނެކަމަށް އެޕާޓީއިން ބުނެފައިވެއެވެ. އަދި ކައުންސިލުން ނިންމާގޮތެއްގެ މަތިން ދެވަނަ ބުރުގައި ކުރިއަށް ދާނެ ގޮތަކާއި މެދު ވެސް ގޮތެއް ނިންމާނެއެވެ.

ހަމަ ގައިމުވެސް އެބޭފުޅުންގެ އެބައޮތް 15،000 ވޯޓު. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޭގެ ބޮޑު ބައެއް އަންނާނެ މިކޮޅަށް. ރައީސް ނަޝީދު، އަދި މުޅި ޓިމް އަތުވެއްޖިއްޔާމު...

~ ރައީސް ސޯލިޙް

ދަ ޑިމޮކްރެޓްސްގެ ވޯޓުތައް އެމަނިކުފާނަށް ލިބިވަޑައިގެން ފާނެތޯ ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ، އިސް ލީޑަރުން އެމަނިކުފާނާއި ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް ގިނަ ބަޔަކު އެމަނިކުފާނުކޮޅަށް ވަޑައިގަންނަވާނެކަމަށެވެ.

ޓެގްސް: ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ދަ ޑިމޮކްރެޓްސް ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.