ރައީސް ސޯލިޙް ކެމްޕާެނުގައި ދޮރުން ދޮރަށް ހިންގަވަމުން ނޫސްވެރިންނާއި ވާހަކަ ދައްކަވަނީ

ހަބަރު

މަޖިލީހަށް އެމްޑީޕީ މެމްބަރުން ވަޑައިނުގަންނަވަނީ އަޅުގަނޑު އަންގައިގެނެއް ނޫން - ރައީސް ސޯލިޙް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 ސެޕްޓެންބަރ 2023 , އަންގާރަ 21:42   447

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމުގައި އެމްޑީޕީ މެމްބަރުން މަޖިލީހުގެ ޗެމްބަރަށް ވަޑައިނުގަންނަވަނީ އެމަނުކުފާނުގެ އެންގެވުމަކަށް ނޫންކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިއަދު ހަވީރު މާލޭގައި ކެމްޕޭނުގައި ދޮރުން ދޮރަށް ހިންގަވަމުން ގެންދެވިއިރު، ނޫސްވެރިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެއީ މުޅީން ދޮގު ވާހަކައެއް. އަޅުގަނޑު އޭގެ ތެރެއަށް ހަމަގައިމު ވެސް ނުވަންނަން.

~ ރައީސް ސޯލިޙް

އިތުރަށް ރައީސް ސޯލިޙް ވިދާޅުވީ، މަޖިލީހަށް ވޯޓުނެގުމުގައި ގޮތެއް ނިންމޭނެކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެކަން އެގޮތަށް ނުކުރެއްވޭނެކަމަށާއި، މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިން ގަރާރު ފާސްކޮށް އެމަނިކުފާނާއި ހަމައިން ތަސްދީދުކުރައްވަން ޖެހޭނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޑިމޮކްރެޓުން އަންނަނީ ނިޒާމީ ވޯޓެއް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މަޖިލީހުގެ ޖަލްސާއަށް އެމްޑީޕީގެ މެމްބަރުން ވަޑައިނުގަންނަވާތީ، މަސައްކަތް ކުރިއަށް ނުގެންދެވޭކަމަށާއި، އެއީ ރައީސް ސޯލިހްގެ އަތެއް އޮވެގެން ހިނގާ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އަދި އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި ނުރުހުން ފާޅުކުރެއްވިއެވެ.

މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ހާޒިރީގައި ސޮއިކުރެއްވުމަށް ފަހު ތިއްބަވަނީ މަޖީލީހުގެ ކުޑަ ދަށުގައެވެ. މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރި ނުވެއެވެ.

މިކަމާއި ގުޅިގެން ރައީސް ނަޝީދު މިއަދު ރައީސް ސޯލިޙް އަށް ސިޓީ ފުޅެއް ފޮނުއްވާފައިވާކަމަށް ވެސް މަޢްލޫމާތު ލިބިފައިވެއެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.